ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ބޭންކުން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3،000 ރުފިޔާ ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ގްރޭންޑް ވިނާއަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އަންނަ ޖޫން 10 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 2:00 އަށް ކަސްޓަމަރުންނަށް އޯޕަންޑޭގައި ބައިވެރިވެ، ބީއެމްއެލް އިސްލާމިކް ބްރާންޗަށް ގޮސް ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށް ހިދުމަތައް އެދި ހުށަހެޅޭނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ ޖޫން 10 އިން ޖުލައި 22 ގެ ނިޔަލަށެވެ.