މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި އާދީއްތަ ދުވަހު ބޭއްވި ހަފްލާއެއްއެއްގަ އެވެ.

އެއްވަނަ ހާސިލްކޮށް 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދާފައި ވަނީ ހަސަން ޝާހިދު އެވެ. އޭނާ ތައްޔާރުކޮށްފައި ވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ހޯދާފަ އިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކު އެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައި ވަނީ 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެކެވެ

ތިންވަނަ ހޯދައި 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ ހާސިލްކޮށްފައި ވަނީ މުހައްމަދު ރަޝީދެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލެކެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައި ވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.