ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ކުޑަގިރިއަކީ ހަފްލާތަކާއި، ޕާޓީ އަދި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމުގައި މަގުބޫލުކަން ހޯދާފައިވާ ތަނެއް ކަމަށް ކުޑަގިރި ބަލަހައްޓާ އާބަންކޯއިން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އާންމުންނަށް ހުޅުވާލައި އެތަނުގެ ހިތްގައިމުކަމާއި ތަފާތު މާހައުލުގެ އުފާވެރިކަން އާންމުން ހޯދަމުން އަންނަތާ މިހާރު ހަތަރު މަސް ވަނީ ވެފަ އެވެ. އަދި ހަފްތާ ބަންދާ ދިމާކޮށް ކުޑަގިރީގައި އަންނަނީ ތަފާތު ހަފުލާތައް ބާއްވަމުންނެވެ.

މާލެ ސަރަހައްދުގައި އާންމުނަށް ދަތުރު ގޮސް އުޅެވޭނެ ހިތްގައުމު މާހައުލަކަށް ކުޑަގިރިވެފައިވާއިރު، އެތަނުން ލިބޭ ޚިދުމަތްތަކީ ހަމައެކަނި އެއީއެއް ނޫނެވެ. ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއެކު ޕްލޭން ކުރެވި ތަރައްގީކުރެވިފައިވާ ކުޑަގިރި ބަލަހައްޓާ އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ކުޑަގިރިއަކީ ހަފްލާތަކާއި، ޕާޓީ އަދި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ވެސް ދެވަނައެއް ނެތް ތަނެކެވެ. އެގޮތުން ކުޑަގިރީގައި މިހާތަނަށް 10 ކޯޕަރޭޓް އިވެންޓް ބާއްވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ ތެރޭގައި އާބަންކޯގެ އަހަރީ ދުވަހުގެ ހަރަކާތްތަކާއި، ވެމްކޯ ދިރާގު ފަދަ ކުންފުނިތަކުގެ ހަރަކާތްތަކުގެ އިތުރުން އަންހެނުންގެ ދުވަހުގެ ހަރަކާތެއް ހިމެނޭ ކަމަށް އާބަންކޯ އިން ބުނެ އެވެ. އަދި އެނޫން ވެސް ބައެއް ކުންފުނިތަކުގެ ޓީމް ބިލްޑިންގް ހަރަކާތްތައް ކުޑަގިރީގައި ބޭއްވިފައިވާ ކަން އާބަންކޯއިން ފާހަގަކުރެ އެވެ.

ކުޑަގިރީގެ މައިގަނޑު ޓާގެޓަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނާއި، އާއިލާތަކަށް ހިތްގައުމު މާހައުލެއް ފޯރުކޮށްދިނުން ކަމަށްވާއިރު، އިވެންޓުތައް ބޭއްވުމުގެ ފުރުސަތު ކުންފުނިތަކުގެ އިތުރުން އެ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އުފަން ދުވަހުގެ ޕާޓީތަކާއި، އެކި ކަހަލަ އާއިލީ އެއްވުންތަކަށް ކުޑަގިރި ބުކް ކޮށް، އިވެންޓް ސްޕޭސް އެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތަށް އެކަމަށްޓަކާ ބޭނުންވާ ޓްރާސްޕޯޓް ޚިދުމަތާއި އެހެނިހެން ވެސް ޚިދުމަތްތައް އެ ފަރާތްތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުޑަގިރީގައި އިވެންޓްތައް ބާއްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.