ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ އުޅޭ ފަދައިން ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން ވެސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު އެބަ އޮތެވެ. އެއީ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދިމާވެދާނެ ކަމަކާ މެދު ކަންބޮޑުވެ ހާސްވުމުން އެއްކިބާކޮށްދޭނެ ފިޔަވަޅެކެވެ. ހައްޖަށް ދާއިރު ނަގަންވީ ހާއްސަ ތަކާފުލް ޕްލޭނެކެވެ.

އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަކީ ދަތުރުގައި އުޅޭއިރު ދިމާވެދާނެ މާލީ އަދި ސިއްހީ ބުރައަކުން ހައްޖާޖީން ރައްކާތެރިކޮށްދޭނެ ޕްލޭނެކެވެ.

މިސާލަކަށް ބަލާނަމަ، ހައްޖުގެ އަޅުކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ހައްޖާޖީންގެ މެދުގައި "ހައްޖު ރޯގާ" ފެތުރެއެވެ. ބައެއް ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވެސް ހައްޖު ރޯގާ ޖެހި އަރިދަފުހުގެ އުނދަގުލުގެ އިތުރުން ހުން ގަދަވެ، އަދި ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދަން ވެސް ޖެހެ އެވެ.

މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމުގައި އުޅެނީ އެއްފަހަރާ އެތައް ހާސް މީހުންނެވެ. އެހާ ގިނަ މީހުން އެއްތަންވެ އުޅޭއިރު، ޖިސްމާނީ އަނިޔާއެއް ވެސް ކުރިމަތިވެ، ފަރުވާ ހޯދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއިން ކޮންމެ ހާލެއްގައި ވެސް ސިއްހީ ފަރުވާ ކުރުމަށް އަތުން ދާ ހަރަދަކީ ބުރައަކަށް ވެދާނެ އެވެ. ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ އަގުބޮޑު ކަމެކެވެ. އެކަމަކު އަޔާދީގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް އޮތް ނަމަ, މިފަދަ މެޑިކަލް އެމަޖެންސީތަކުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކަވަރުކޮށްދޭނެ އެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަން އަޔާދީ ތަކާފުލްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އަންގަން ވާނެ އެވެ. އޭރުން އެކަމުގައި ކުރިއަށް ދަންވީ ގޮތުގެ އިރުޝާދުތައް އަޔާދީއިން ފޯރުކޮށްދޭނެ އެވެ.

ހައްޖަށް ދިއުމަށް ފުރާ ދުވަސް ގާތްވަމުންދާ އިރު, އަޔާދީއިން ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަންވީ ނޫންތޯ؟ ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން، އަތުގައި އޮތް ޕާސްޕޯޓު ނުވަތަ ދަބަސް ނުވަތަ އަގުހުރި އެއްޗެއް ގެއްލިއްޖެނަމަ އެކަމުގެ ބަދަލު ވެސް މި ތަކާފުލް ޕްލޭނުން ލިބޭނެ އެވެ.

މި ޕްލޭނަކީ ދެ މަސްދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެކެވެ. އަގަކީ ބޮލަކަށް އެންމެ 750 ރުފިޔާ އެވެ. އަދި ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުތަކަށް އޮޕްޝަނަލް ކަވަރޭޖެއް ވެސް އިތުރު 250 ރުފިޔާ ދައްކާލައިގެން ޕްލޭނުގެ ދަށުން ލިބޭނެ އެވެ. އެލައިޑަށް ފޯމު ހުށަހަޅާއިގެން ނުވަތަ އެއަށްވުރެ މާ ފަސޭހަކަމާއެކު "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިގެން ވެސް މި ތަކާފުލް ޕްލޭން ބައްލަވައިގަންނަންވީ އެވެ.

Editors Note

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.