އަގު ހުރި އިނާމުތަކަކާއެކު އެސްޓީއޯ އިން އީދު އޮފާގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެހެން ހުރިހާ އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހުރިހާ ސަރަހައްދީ އެސްޓީއޯގެ އައުޓްލެޓްތަކުގައި މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން 31 ޖުލައިގެ ނިއަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ އެވެ.

މި ޕްރޮމޯޝަންގައި އެއްވަނައަށްދާ ފަރާތަކަށް ހިޓާޗީ ފްރިޖްއެށް، ދެވަނައަށްދާ ފަރާތަކަށް އެލްޖީ ޑިޝްވާޝަރެއް އަދި ތިންވަނައަށްދާ ފަރަތަކަށް 2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓެމްސް ލިބޭނެ އެވެ.

އެސްޓީއޯ އީދު އޮފާ 2023 އެސްޓީއޯ ޕީޕަލްސް ޗޮއިސް. އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި ކުރިއަށް ދާނެ އެވެ.