ދުނިޔޭގެ އެކިކަންކޮޅުތަކުން ފިލްމާއި ޓީވީސީރީސް ގެނެސްދޭ އޮންލައިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ރެސްޓޯރެންޓެއް ހުޅުވަން ނިންމައިފި އެވެ.

"ނެޓްފްލިކްސް ބައިޓްސް" ގެ ނަމުގައި ހުޅުވާ މި ރެސްޓޯރެންޓް ހުޅުވަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ލޮސް އެންޖެލިސްގައި އެވެ.

ލޮސް އެންޖެލިސްގެ ޝޯޓް ސްޓޯރީސް ހޮޓަލުގައި ހުންނަ މި ރެސްޓޯރެންޓް ހަފްތާއަކު ހަތް ދުވަހު ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ލިބިގެންދާނެ އެވެ. ހަފްތާ ބަންދުގައު އިތުރު ބުރަންޗު ހިދުމަތް ލިބިގެންދާނެ ކަމަށް ނެޓްފްލިކްސްއިން ބުނެ އެވެ.

މިރެސްޓޯރެންޓުން ނެޓްފްލިކްސްގެ އެންމެ މަގުބޫލު ޝޯތަކުން ފެނުނު ބައެއް ކައްކާއިންގެ ކެއުންތައް ދައްކާލާނެ އެވެ. ސްކޮޓް، ޖެކް ޓޮރޭސް، އަދި އެންޑްރޫ ޒިމާން އޭގެ ތެރޭގައި ހިމެނެއެވެ. "ޑްރިންކް މާސްޓާސް" ގެ މިކްސޮލޮޖިސްޓުން ފަރުމާކޮށްފައިވާ ކޮކްޓެއިލްތައް ވެސް ހުންނާނެ އެވެ.

މި ރެސްޓައުރަންޓު އަކީ ނެޓްފިކްސްގެ ސީރީޒްތަކުން ފެންނަ މަންޒަރުތައް ހަގީގަތަކަށް ހެދުމަށް ނެޓްފްލިކްސް އިން ފަށާފައިވާ މަސައްކަތްތަކުގެ ބައެކެވެ.

ފާއިތުވި އަހަރުތަކުގައި ނެޓްފްލިކްސް އިން ވަނީ ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަތައްވެސް ހުޅުވާފަ އެވެ.