ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

މީގެ ކުރިން ވެސް ވިލާ މާޓުން ވަނީ އެ ކުންފުނިން އެތެރެކޮށް ވިއްކަމުންދާ ބްރޭންޑްތަކުގެ ރަހަ ދައްކާލުމަށް ތަފާތު ހަރަކާތްތައް ބާއްވައިފަ އެވެ. މިފަދަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް މީގެ ކުރިން ވެސް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މީގެ ކުރިން ޓީވީއެމް ކުރިމަތީ ހުންނަ ވިލާ މާޓުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ދާދި ފަހުން ވިލާމާޓް ހުޅުމާލެ ފޭސް ދޭއްގައި ވަނީ އެ ކުންފުނީގެ ޓޯނީސް ބްރޭންޑް އަދި ތަމީމް ބާސްމަތީ ހަނޑުލުގެ ރަހަތައް ދައްކާލުމުގެ ހަރަކާތެއް ވެސް ބާއްވާފަ އެވެ.

ވިލާމާޓް އިން އެންމެ ފަހުން ހުޅުމާލެ ފޭސް ދޭއްގައި ބާއްވާފައި ވަނީ އޮޓިމާގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެކެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 އިން 10:00 އަށް މި ހަރަކާތް ކުރިއަށް ގެންދިޔައިރު، ވިލާމާޓުން އުންމީދު ކުރި ވަރަށް ވުރެ ބޮޑު ތަރުހީބު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ. ފޮޓޯ: ވިލާ މާޓް

ވިލާ މާޓްގެ އޮފިޝަލަކު ވިދާޅުވީ މި ހަރަކާތުގައި އެ ކުންފުނިން އަމާޒުކޮށްފައި ވަނީ ތިން ވައްތަރެއްގެ ޕާސްތާ އާއި އެކަށީގެންވާ ތަފާތު ތިން ސޯސްއެއްގައި މި ޕާސްތާގެ ރަހަ ދައްކާލުމަށް ކަމަށެވެ. އަދި ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ޓްރޭޑިން އިން ބުނީ މިހަރަކާތުގެ ސަބަބުން މި ބްރޭންޑްގެ މޮޅު ކަމާއި ރަހައިގެ ގޮތުން މީރުކަން އެތައް ކަސްޓަމަރުންނަށް ކަށަވަރުވެފައިވާ ކަމަށެވެ.

މި ބްރޭންޑަކީ ވިލާމާޓް އިން ދާދި ފަހުން ރާއްޖެއަށް ތައާރަފް ކުރި ބްރޭންޑެކެވެ. މި ބްރޭންޑްގެ އެކި ސައިޒްގެ އެކި ވައްތަރުގެ ޕާސްތާ ވިލާމާޓްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ. ފޮޓޯ: ވިލާ މާޓް

ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު ހެޔޮ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެ ގޮތް ހަމަޖައްސައި ދިނުމެވެ.

ވިލާ މާޓް އިން ވިއްކާ ހުރިހާ އެއްޗެއް، މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނި ފަހަރުތައް ޑެލިވަރީކޮށްދޭނެ އެވެ. ވިލާ ޓްރޭޑިންގެ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެ އެވެ.