ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓް ޕްލޭސް. މޫލީ އިން އަގީގާ، އުލްޙިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި. އެމްވީ އާ ގުޅިގެން އޮންލައިންކޮށް މި ހިދުމަތަށް އޯޑަރު ކުރެވޭނެ ގޮތް ފަހިކޮށްދީފި އެވެ.

މި ޕާޓްނަޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރި އެމްވީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގުރުބާނީގެ އުލްހިއްޔާ، އަގީގާ ނުވަތަ ފިދްޔާއަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އުރީދޫން ބުނެ އެވެ.

އެ ކުންފުނިން ބުނީ މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިން ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއް ވެސް ލިބުން ކަމަށެވެ. އެގޮތުން ބަކަރި. އެމްވީ އާއި ގުޅިގެން މިފަހަރުގެ އީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށް ވެސް ގުރުބާނީގެ ހަދިޔާ ކުރުން ވެސް މޫލީ މެދުވެރިކޮށް އެތައް ގުނައެއް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޫލީ މެދުވެރިކޮށް އޯޑަރު ޖައްސަވާލެއްވުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުން ވާ ގޮތައް ޕެކް ކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަ ކުރުމުގެ ހިދުމަތް ވެސް ލިބިގެންދާނެ. ހާއްސަކޮށް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ،" ހާލިދު ވިދާޅުވި އެވެ.

ބަކަރި.އެމްވީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވީ ބަކަރިއެމްވީ ގެ އަމާޒަކީ، އަގީގާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހި ކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ ގެ ހިދުމަތްތަކަށް އޯޑަރ ކުރާނެ ގޮތް:

  1. https://mool.ee/bakarimv ޒިޔާރަތްކުރައްވާ
  2. ހަދިޔާ ކުރަން ބޭނުންވާ މަހުގެ ބާވަތް އިޚްތިޔާރު ކުރައްވާ
  3. ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރައްވާ
  4. އޯޑަރު ކަށަވަރު ކުރުމަށް ފައިސާ ދައްކަވާ

އުރީދޫން ބުނިގޮތުގައި ބަކަރި އެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ. އަދި މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރުކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ ކަސްޓަމަރުންގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލައަށް ޑެލިވާ ކުރަން ބޭނުންވާ ނަމަ އެ ގޮތަށް ވެސް އެ ހިދުމަތް ހަމަޖައްސާދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އޯޑަރު ކުރުމަށް https://mool.ee/bakarimv ޒިޔާރަތް ކުރާށެވެ. އަދި ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ފައިދާ ލިބިގަތުމަށް މޫލީ އިން ދައުވަތު އަރުވަ އެވެ. ބަކަރިއެމް ވީ ގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދާލުމަށް www.bakarimv.com އަށް ޒިޔާރާތްކޮށްލައްވާށެވެ.