ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ޒާހިރާ ހަމަޖައްސައިފި އެވެ.

ކުރީގެ ޑެޕިއުޓީ ގަވަރުނަރު، ހ.ސަނޯރާމާ، އައިޝަތު ޒާހިރާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ އިއްޔެ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވީ އެމްއެމްއޭ އަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެވެ. އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގަ އެވެ.

ސީއެމްޑީއޭ އިން ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން އައްޔަނުކުރައް ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެ އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވި ނަމަވެސް ސީއީއޯގެ މަގާމަށް ބޭފުޅަކު އަދި ހަމަނުޖައްސަވަ އެވެ.

ސީއެމްޑީއޭގެ ބޯޑު އެކުލެވިގެންވަނީ

  1. އައިޝަތު ޒާހިރާބޯޑުގެ ޗެއާޕާސަން
  2. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
  3. އައިޝަތު ނާދިޔާ، ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
  4. އަހުމަދު ސިރާޖް، ސެކްރެޓަރީ ޖެނެރަލް މިނިސްޓްރީ އޮފް ފިނޭންސް
  5. މަރިޔަމް ވިސާމް، ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
  6. ފާތިމަތު ޝަފްނީޒް ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ފަރާތެއް
  7. ރިފާއަތު ޖަލީލް ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ފަރާތެއް