ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މަކިޓާގެ އުފެއްދުންތަކުގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

ޖޫން މަހުގެ 21 ން ޖުލައި 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުއެވެ.

މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޝޯރޫމުން ވަނީ ޖޫން 2022 ން މެއި 2023 އަށް މި ޝޯރޫމުން އެންމެ ގިނައިން ތަކެތި ގަނެފައިވާ ފަސް ފަރާތެއް ފާހަގަކޮށް އެ ފަރާތްތަކަށް ޚާއްސަ ހަދިޔާއެއް ދީފަ އެވެ.

މީގެ އިތުން ޖޫން 21 ވަނަ ދުވަހު މަކިޓާ ޝޯރޫމުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ދަނީ ޚާއްސަ ހަދިޔާއެއް ދެމުންނެވެ.