އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފި އެވެ.

އަޟްހާ އީދާއި ގުޅިގެން އުރީދޫއިން ލޯންޗްކުރި އޮފާތަކަކީ:

ބޮޑު ޗުއްޓީ ޕެކް

150 ރުފިޔާއަށް 100 ޖީބީ ޑޭޓާ، ފަސް ދުވަސް (120 ގަޑިއިރު) އަށް ލިބޭ ބޮޑު ޗުއްޓީ ޕެކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ ޕެކެކެވެ.

މި ޕެކާއެކު ޢީދު ގެ އުފަލުގައި ބއިވެރިވެ ޗުއްޓީތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ވެސް މެދުނުކެނޑި ހައި ސްޕީޑް އިންޓަނެޓް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. ބޮޑު ޗުއްޓީ ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ.

  • އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް http://ore.do/app
  • އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް V150”"ޖެއްސެވުމަށްފަހު 5555 އަށް އެސްއެމްއެސް ކުރައްވާ
  • ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް، http://ore.do/boduchuttee ޒިޔާރަތް ކުރައްވާ
  • ޔޫއެސްއެސްޑީ މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅުއްވާ

ސުޕަރނެޓް، ފަސޭހަ، އަދި 5ޖީ އެއަރފައިބަރ އަލަށް ނަންގަވާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް އައިފޯން 14 ގެ އިތުރުން ހާއްސަ އިނާމުތައް.

އުރީދޫއިން ބުނީ އަޟްހާ އީދު ޗުއްޓީގައި އުރީދޫ ހޯމްބްރޯޑްބޭންޑް ގެ ހިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނާއި އަލަށް ޙިދުމަތްނަންގަވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން 31 ޖުލައި 2023 ގެ ކުރިން އާ ސުޕަރނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސް ގެ އިތުރުން 5ޖީ އެއާފައިބަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އެޕަލްގެ އެންމެ ފަހުގެ ފޯނު - އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ތިން ނަސީބުވެރި ފަރާތް ހޯވާނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ހަމަ އެޔާ އެކު ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށްވެސް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ހިމެނެ އެވެ. މި ނަސީބުވެރިފަރާތްތައް ހޮވާނީ ހޮވާނީ ޕްރޯމޯޝަނަށް ފަހު އަންނަ މަހު އެވެ.