ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ ބޮޑު ޗުއްޓީ ލަކީ ޑްރޯއެއް ހުޅުވާލި ވާހަކަ އިއުލާންކޮށްފި އެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން އިއުލާނުކޮށްފައި ވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފެރެންސެއްގަ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން 22 ޖޫން އިން 8 ޖުލައި 2023 ގެ ނިޔަލަށް 100ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާއެއް ނުވަތަ ފައިބަ ބްރޯޑްބޭންޑް ބޫސްޓާއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަސް ކަސްޓަމަރުންނަށް އަގުހުރި ތަފާތު ފަސް އިނާމު ލިބިގެންދާނެ ކަމަށެވެ.

މި ލަކީ ޑްރޯގައި ހިމެނޭ އިނާމުތަކަކީ:

ގޯ ޕްރޯ ހީރޯ 11 އެއް

ޕީ.އެސް5 ޑިސްކް އެޑިޝަނެއް

އެއަރޕޮޑްސް ޕްރޯއެއް

5ޖީ ވަޔަރލެސް ރައުޓަރއެއް

ސާފޭސް ޕްރޯ 9 އެއް

"އަޅުގަނޑުމެންގެ އަމާޒަކީ މި އަގުހުރި އިނާމުތަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުން،" މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން ދާދި ފަހުން ތައާރަފްކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޫސްޓާރތަކުން މި ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދުކުރަން."

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް: https://bit.ly/43TaohU

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.