އައިޖީއެމްއެޗް ކައިރީ ހުރި އޭޓީއެމަށް ގެއްލުންދިނަސް އެއްވެސް ފައިސާއެއް ގެއްލިފައިނުވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން އައިޖީއެމްއެޗް ގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރުގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމް އަށް ގެއްލުންވެފައިވާ މައްސަލަ ރޭ ފަތިހު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހާދިސާގައި، ބީއެމްއެލްގެ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައެއް ނުވެ އެވެ. އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމްކޮށްފައިވާ ހިދުމަތެކެވެ.

އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށްވެސް ކުޑަކޮށްކަން ފާހަގަކުރަމެވެ. އަދި ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫނެވެ.

މިކަމާ ގުޅިގެން އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައެއް ނުވެއެވެ.