މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އއ. ތޮއްޑޫގައި ބާއްވާ "ތޮއްޑޫ ޢީދު މާމަޖާ 1444" ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ.

ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ 28 ން 29 ޖޫންގެ ނިޔަލަށެވެ. މި އީދު ކުޅިވަރުގައި އީދު ހެނދުނު ސައި، މަސް ރޭސް، ބޮޑު މަސް، މާލި، ފެންކުޅި އަދި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރުން ހަވާއެރުވުމާއެކު އެކި ނަން މަޝްހޫރު ދިވެހި ފަންނާނުންނާ އެކު އީދު ޝޯއެއް ވެސް އިންތިޒާމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި މުޖުތަމައުގެ އެކި ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން މިފަދަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެއްބާރުލުންދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުން ބައިވެރިކުރުވާފަދަ މިކަހަލަ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.