ރާއްޖޭގައި މިއަހަރުގެ މިހާތަނަން 41 ގެސްޓުހައުސް އަލަށް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރުރާއްޖޭގައި 865 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. އަލަށް ހުޅުވި ގެސްޓްހައުސްތަކާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 906 ގެސްޓްހައުސް އަންނަނީ ހިންގަމުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ގެސްޓްހައުސްތަކުގެ އެނދުގެ އަދަދަކީ 13،992 އެވެ. އަދި އަލަށް މި އަހަރުގެ މިހާތަނަށް ހުޅުވި ގެސްޓްހައުސްތަކާއެކު، ގެސްޓްހައުސްތަކާ އެކީ އެނދުގެ އަދަދު ވަނީ 14،880 އަށް އިތުރުވެފަ އެވެ.

ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޅާވަމުން އަންނަ އިރު ގެސްޓް ހައުސް ވިޔަފާރީގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ ރަށަކީ ކ. މާފުއްޓެވެ.