ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ބާވަތްތަކަކެވެ. ނަމަވެސް ތައްޔާރީ ސީފުޑްގެ ގިނަ ބާވަތްތައް ރާއްޖެއިން ފަސޭހައިން ލިބޭކަށް ނުހުރެވެ. އެހެންވެ ވިލާ ޓްރޭޑިން އިން މިވަނީ ސީފުޑްގެ އެންމެ ހާއްސަ ބާވަތްތައް ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދީފަ އެވެ.

އަވަހަށް ކައްކައިގެން ކެވޭ ގޮތަށް ހުންނަ ކޮލިޓީ މޮޅު، ސީފުޑްގެ ބައެއް ބާވަތްތައް ވިލާ ޓްރޭޑިންގެ ކުޑައިގެ ދަށުން ހިންގާ މާޓުން މިހާރު ލިބޭނެ އެވެ. މިގޮތުން ވިލާ މާޓުން ލިބެންހުރީ ސީފުޑްގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ވިއްކާ ދުނިޔޭގެ މަޝްހޫރު ސިބްލޫ ބްރޭންޑްގެ އުފެއްދުންތަކެވެ. ވިލާ މާޓުން ލިބެންހުރި ބާވަތްތަކުގެ ތެރޭގައި ޝްރިމްޕް، ޓެމްޕޫރާ، ފިޝް ފިލެ، ޕްރޯންސް އަދި ސަމަން ފަދަ އެތައް ބާވަތްތަކެއް ހިމެނެ އެވެ. މި އުފެއްދުތައް ބޭނުންކޮށްގެން ދިވެހިންގެ މަގުބޫލް ކެއުންތައް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ އެވެ. މިގޮތުން މި އުފެއްދުންތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ސޭންޑްވިޗް، އެކި ވަތްތަރުގެ ރައިސް، ސްޕެގެޓީ އަދި ޕިއްޒާ ވެސް ތައްޔާރުކޮށްލެވޭނެ އެވެ.

ވިލާ މާޓުން ވިއްކާ ތައްޔާރީ ސީފުޑްގެ އުފެއްދުންތަކެއް. ފޮޓޯ: ވިލާ މާޓް

ފިނިކުރި އަދި ތައްޔާރީ ސީފުޑްތަކަކީ އެކި ދުވަހަށް ބަހާލައިގެން ގިނަ ދުވަހު އައިސްއަލަމާރީގައި ރައްކާކޮށްގެން ގެންގުޅެވޭނެ އުފެއްދުތަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.

މަޝްހޫރު ގިނަ ބްރޭންޑްތައް ވިއްކާ ވިލާ ޓްރޭޑިންގެ އެންމެ ބޮޑު އަމާޒަކީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް އަބަދުވެސް ލިބޭނެ ގޮތް އިންތިޒާމްކުރުމެވެ. މިއީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.

ވިލާ ޓްރޭޑިން އިން އަބަދުވެސް މަސައްކަތް ކުރަނީ ތާޒާ، ސިއްހަތާއި ތިމާވެއްޓަށް ފައިދާހުރި ފެންވަރު ރަނގަޅު އެތައް އުފެއްދުންތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.

ވިލާ މާޓުން ވިއްކާ ތައްޔާރީ ސީފުޑްގެ އުފެއްދުންތަކެއް. ފޮޓޯ: ވިލާ މާޓް

ވިލާ ޓްރޭޑިން އިން އަންނަނީ އާއްމުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ. އަދި އެ ކުންފުނިން ވިއްކާ ބާވަތްތަކަކީ އާއްމުންގެ މެދުގައި އިތުބާރު ލިބިފައިވާ ވަރަށް މަގުބޫލް މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކެވެ.

ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް ގިނަ އަދަދަކަށް މުދާ ގަންނަ ފަރާތްތަކަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެ އެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ރަށްރަށުގެ މުދާ އުފުލާ ބޯޓުތަކަށާއި ފެރީ އަދި ދޯނި ފަހަރަށް ވެސް މުދާ ސަޕްލައިކޮށްދެ އެވެ. މި ހުރިހާ ބާވަތްތައް ހޯއްދެވުމަށް ވިލާ ޓްރޭޑިންގެ ހޯލްސޭލް ހޮޓްލައިން ނަމްބަރު 7667711 އަށް ގުޅާލައިގެން އޯޑަރު ދެވޭނެ އެވެ. އަދި އީ މެއިލް މެދުވެރިކޮށް ވެސް މުދާ ގަންނަން އޯޑަރުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.