ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީއިން ބޮޑު ޑްރަޖަރެއް ގެންނަށް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން ރާއްޖެގެ އެކި ހިސާބުތަކުގައި ބިން ހިއްކުމާއި ބަނަދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިމަޝްރޫއުތައް އަވަހަށް ނިންމުމަށްޓަކައި އެކުންފުނިން ބޮޑު ޑްރަޖަރެއް ކުއްޔަށް ގެނައުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި މި ހަފުތާގެ ބުދަ ދުވަހު އެ ޑްރެޖަރު ހއ. އިހަވަންދު އަށް ގޮސް އެ ރަށް ހިއްކަން ފަށާނެ އެމްޓީސީސީއިން ވަނީ ހާމަކޮށްފަ އެވެ.

އެމްޓީސީސީން މިހާތަނަށް ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ މަހާޖައްރާފުންނެވެ. އެކަމަކު، އޭގެ ޑައިނަމޯ ހަލާކުވެ، އެ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ކުއްޔަށް ޑްރެޖަރެއް ގެންނަން ނިންމީ އެކަމަށް ވަގުތު ވެސް ނަގާނެތީ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަލަށް ގެންނަ ޑްރެޖަރުން އެއް ދުވަހުގެ ތެރޭގައި އެއް ހެކްޓަރުގެ ބިން ހިއްކާލެވެ އެވެ.

އެގޮތުން އާ ޑްރެޖަރުން ނުވަ ރަށެއް ހިއްކަން މިހާރު ޕްލޭންކޮށްފައިވެ އެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑު އާއި އއ. އުކުޅަހާއި އެ އަތޮޅު ބޮޑުފޮޅުދު އާއި ރ. އުނގޫފާރާއި މ. ދިއްގަރާއި ފ. ފީއައްޔާއި ކ. ދިއްފުއްޓާއި އެ އަތޮޅު ގުޅި އެވެ.

އެމްޓީސީސީން ބުނީ މި އަހަރުގެ އޮކްޓޯބަރު ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.