މީޑިއާނެޓު ކްލަބް މޯލްޑިވްސް ކަޕް 2023 ކަވަރޭޖުގެ މެއިން ސްޕޮންސަރއަކަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މީޑިއާނެޓު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އައިސް ނެޓްވޯރކްގެ ފަރާތުން ސޮއި ކޮށްފައިވަނީ އައިސް ޓީވީގެ ސްޓޭޝަން އިންޗާރޖް މުޙައްމަދު އަހުމަދުއެވެ. މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޗީފް ސްޓްރެޓަޖީ އޮފިސަރު ޑރ. މަރިޔަމް ވަސީމާއެވެ.

މެޑްޓެކަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި ފުންނާބުއުސް ހަރުފަތްތައް ގިރާކުރަމުން އަންނަ ސިއްޙީ ދާއިރާއާއި ގުޅުން ހުރި އައު ޓެކްނޮލޮޖީ އާއި ސާމާނު ދިވެހި މާރކެޓަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން މެޑްޓެކްއަކީ ދުނިޔޭގެ ނަންމަޝްހޫރު ފިލިޕްސް ހެލްތްކެއަރ ބްރޭންޑްގެ ދިވެހިރާއްޖޭގެ ޕާރޓްނަރކަން ފާހަގަކޮށްލެވެ އެވެ.

މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާރޓްނަރެވެ. އައިސް ނެޓްވޯރކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެއެވެ. މި މުބާރާތުގެ މެޗުތަށް ފޯނުން ބަލާލުމަށް ޚާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ. މި ޕެކޭޖްތަކަށް ސަބްސްކްރައިބު ކުރެއްވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ.