މީޑިއާނެޓުން އައިސް ނެޓްވޯކް ޗެނަލްތައް މެދުވެރިކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސް 2023 ގެ ކަވަރޭޖް ކޯ ސްޕޮންސާގެ ގޮތުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ހަމަޖެހިއްޖެ އެވެ.

މީޑިއާނެޓު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި މެޗުތައް ވަގުތުން ފެންނާނެ އައިސް ނެޓްވޯކްގެ ފަރާތުން ސޮއި ކުރެއްވީ އައިސް ޓީވީގެ ސްޓޭޝަން އިންޗާޖް މުޙައްމަދު އަހުމަދުއެވެ. އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމްއެވެ.

އައިލެން ބެވަރޭޖަޒް މޯލްޑިވްސްއަކީ "ތާޒާ" ފެން ދިވެހިރާއްޖެއަށް އެކްސްކްލޫސިވްކޮށް ޑިސްޓްރިބިއުޓްކުރާ ފަރާތެވެ. މީގެ އިތުރުން ދާދި ފަހުން ދިވެހި މާރކެޓަށް މި ކުންފުނީގެ ފަރާތުންވަނީ ތުރުކީގެ މަޝްހޫރު ޑްރިންކް "އުލުދާގް ބެވަރޭޖަސް"ގެ ފަސް އުފެއްދުމެއް ތަޢާރަފްކޮށްފައެވެ. އޭގެ ތެރޭގައި އުލުދާގްގެ ސްޕާރކްލިންގް މިނަރަލް ވޯޓަރގެ ބާވަތްތަކާއި ސޮފްޓް ޑްރިންކް އުފެއްދުންތައް ހިމެނެއެވެ.

މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާރޓްނަރެވެ. އައިސް ނެޓްވޯރކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެއެވެ. މި މުބާރާތުގެ މެޗުތަށް ބަލާލުމަށް ޚާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތަޢާރަފްކޮށްފައެވެ. މި ޕެކޭޖްތަކަށް ސަބްސްކްރައިބު ކުރެއްވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ.