ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް" އަށް ކުރިމަތުލުމަށް ހުޅުވާލައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް ޕްރޮގްރާމް ފަށާފައިވަނީ 2022 ގަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓާޑް ނަރުހުންގެ އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ތައުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަރުހުންނަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތެވެ. އެހެންކަމުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިކަން ފާހަގަ ކޮށް، ނަރުހުންގެ ދާއިރާއިން ހާއްސަ ސްކޯލާޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެރޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށްވަނީ ހަމަޖެހިފައިއެވެ. މި ސްކޮލާޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުސަތެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ދެކެއެވެ.

ސްޕޮންސާޝިޕް ތަފްސީލް:

  • ބީއެސްސީ (އޮނާސް) ނަރސިންގް (އިންޓަރނޭޝަނަލް) ޓޮޕް-އަޕް، ސެޕްޓެމްބަރ 2023 އިންޓޭކް (2 ޖާގަ)
  • ޑިޕްލޮމާ އިން ނާރސިން، ސެޕްޓެމްބަރ 2023 އިންޓޭކް (5 ޖާގަ)

ޝަރުތު:

އިޙްތިޔާރްކުރައްވާ ކޯހަށްއެދޭ ފަރާތަކީ؛

ހ. ދިވެހި ރައްޔިތެއް ކަމުގައި ވުން

ށ. ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

1. ބީ.އެސް.ސީ ނަރސިންގް (2 އަހަރު)

2. ޑިޕްލޮމާ އިން ނަރސިންގް (3 އަހަރު)

ނ. އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅިދާނެ އެވެ.

ރ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

ޕްރޮގްރާމްގެ ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، 9 ސެޕްޓެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 1700 ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކޮށްދެއްވުން އެދެމެވެ.

[email protected]

ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. އެޓެސްޓްކުރި ތައިލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް

ށ. އެޓެސްޓްކުރި ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނ. ޕާސްޕޯޓް ސައިޒް ފޮޓޯ

ރ. ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް

ބ. ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ

ޅ. ޕޮލިސްރިޕޯޓް

އިތުރު މައުލޫމާތް ހޯދެވުމަށް މި ލިންކަށް ކްލިކްކޮށްލައްވާ!