ލަގްޒަރީ ފްލެޓްތަކެއް އެޅުމަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފަސް ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާބަންކޯއިން ބުނީ ފުރަތަމަ ފިޔަވަހިން ވިއްކުމަށް ނިންމާފައިވާ ބިންތަކަށް ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ބީލަން ހުޅުވާލުން ވެސް އޮންނާނީ ހަމަ އެ ދުވަހުކަމަށެވެ.

ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ވިއްކަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމެއްގެ އިތުރުން ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެކެވެ. އެއީ:

ލޮޓް 10322 - 25،660 އަކަފޫޓުގެ ބިމެއް

• ލޮޓް 11808 - 24،961 އަކަފޫޓުގެ ބިމެއް

• ލޮޓް 11809 - 24،652 އަކަފޫޓުގެ ބިމެއް

• ލޮޓް 11828 - 20،727 އަކަފޫޓުގެ ބިމެއް

• ލޮޓް 11829 - 23،229 އަކަފޫޓުގެ ބިމެއް

އާބަންކޯއިން ބުނީ މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމް، ބަދިގެ/ކާގެ، ލޯންޑަރީ އަދި ބެލްނަކީ ވެސް ހުންނަން ޖެހޭނެ އެކުންފުނިން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

މި ބިންތައް ގަންނަން ހުށަހަޅާ ޕްރޮޕޯސަލްއާ އެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.

އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އާބަންކޯ އިން މިހާރު ވެސް އަންނަނީ ހުޅުމާލޭގެ އެކި ތަންތަނުގައި ރެސިޑެންޝަލް އިމާރާތްތައް ހަދަމުންނެވެ.