ޗިޕް ނުވަތަ ސެމީކޮންޑަކްޓަރު އެމެރިކާއިން ރަޝިޔާއަށް އެކްސްޕޯޓު ކުރުން ހުއްޓާލުމާ ގުޅިގެން ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެ ތަކެތި ފޮނުވަން ފަށައިފި އެވެ.

ރަޝިއާއަށް ސެމީކޮންޑަކްޓަރު ފޮނުވުން ހުއްޓާލައި އެމެރިކާއިން ވަނީ އެ ގައުމާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ.

ޔޫކްރެއިން އާއި ރަޝިއާގެ ހަނގުރާމަ ފެށިފަހުން އެމެރިކާއިން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައި ވަނީ އެމެރިކާގައި އުފައްދާ ޗިފް ރަޝިއާއަށް އެތެރެ ކުރާ ޓްރާންސިޓް ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށި ފަހުން ރަޝިޔާއަށް ގާތްގަނޑަކަށް 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) ގެ ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް ފޮނުވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

2021 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓުގެ އަދަދަކީ ގާތްގަނޑަކަށް 280 މިލިއަން ޑޮލަރު ކަމަށާއި ރާއްޖެ އިން އިން ރަޝިޔާއަށް އެމެރިކާގެ ސެމީކޮންޑަކްޓަރު ޝިޕްމަންޓްތަކުގެ އަގު މި އަދަދުގެ %20 އާ އެއްވަރެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު އެ އަދަދު ބޮޑުތަނުން އިތުރު ވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއިން ރަޝިޔާއަށް ސެމީކޮންޑަކްޓާ ފޮނުވުމުގައި ބޭރުގެ 14 އެކްސްޕޯޓަރަކު ހަރަކާތްތެރިވެ އެވެ. އޭގެ ތެރެއިން 80 ޕަސެންޓް ސެމީކޮންޑަކްޓަރު ފޮނުވަނީ ލަަންޑަންގެ މައިކައިންސް ކޯޕް އިންނެވެ. އެ ކުންފުނިން 40 މިލިއަން ޑޮލަރުގެ ސެމީކޮންޑަކްޓަރު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް ފޮނުވާފައިވެ އެވެ.