ދިރާސީ އާ އަހަރު ފެށެން ގާތްވުމާ ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ އައު ކެމްޕެއިން ކަމަށްވާ "ދިރާގު ބެކް ޓު ސްކޫލް" ކެމްޕެއިން ލޯންޗުކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރުތަށް ހެދުމަކީ ގިނަ ބެލެނެވެރިން އައު އަހަރު ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަކެމެކެވެ. އެގޮތުން ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެގެވެސް އައު އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި 5 ފަރާތަކަށް 1000 ރުފިޔާގެ ޚާއްސަ ސްޓޭޝަނެރީ ވައުޗަރެއް ލިބިމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ގޮތުން ދިރާގުގެ ޚާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށްފަހު އައު ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުވަތުގައި ބައިވެރިވެވޭނެ އެވެ.

ދިރާގު "ބެކް ޓު ސްކޫލް" ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ އައު ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. 4 އޯގަސްޓު 2023 ގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބަ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، މި ކެމްޕއެންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ. މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ 31 އޯގަސްޓު 2023 ގެ ނިޔަލަށެވެ.

ދިރާގު "ބެކް ޓު ސްކޫލް" ކެމްޕެއިންއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3rMATYg

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮއަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.