ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނިކަމަށްވާ ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޮބައިލް ފޯނުތައް ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކުރާ ދިރާގު ކަސްޓަމަރުންނަށް ކޮންމެ ފޯނާކާއެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެއެވެ. މީގެ އިތުރުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 10ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭ ޚާއްސަ އޮފަރއެއްވެސް އެކުންފުނިން ވަނީ ހުޅުވާލާފަ އެވެ.

ސެމްސަންގުން ނެރޭ މި އެންމެ ފަހުގެ ދެ މޮޑެލްއަކީ ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓްކުރާ އަދި އީ-ސިމް ވެސް ބޭނުންކުރެވޭ ދެ ފޯނެވެ. ތަފާތު ފޯލްޑަބަލް ޑިޒައިނަކާއެކު، މި ފޯނުތަކުން ސްމާރޓްފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާއެކު ބަދަލުކޮށްލެވޭ، އެންމެ ފަހުގެ ޒަމާނީ ޕްރޮސެސަރާއި ބޮޑު ރޭމްއާއެކު ގޭމިންގ، ސްޓްރީމިންގ އަދި މަލްޓި-ޓާސްކިންގ އެންމެ ފުރިހަމައަށް ކޮށްލެވޭނެ އެވެ.

މިހާރު ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.