ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ތެރޭގައި ހިމެނޭ އަލް ނޫރުގެ ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި އެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، “އޮމާން ފުޑްސްޓަފް”ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށްދާ އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަންގެ ދަށުން ރީޓެއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކިކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯ ޖެހި ބިއްލޫރި ތައްޓެއް ލިބޭނެ އެވެ. ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް ލިބޭނެ އެވެ. ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް ކޭހެއް ލިބޭނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯސަން އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައިވެސް ކުރިއަށް އެވެ.