ފުޓުބޯޅަ ލީގުތައް ނުހަނު ފޯރިއާއެކު ބާލާ ފޭނުން މިވަގުތު ކެތްމަދުވެފައި ތިބީ މި މަހު ފެށިގެންދާ ލީގުތައް ބަލާލުމުގެ ފޮނި އިންތިޒާރުގަ އެވެ. 22/23 ސީޒަންގެ ފުޓުބޯޅަ ލީގުތައް މިއަހަރުގެ ޖޫން މަހުގައި ނިމުން އިރު އޯގަސްޓު 12 ވަނަ ދުވަހު އަނބުރާ ލީގުތަކުގެ އާ ސީޒަން ފެށިގެންދާނެ އެވެ.

ފުޓުބޯޅައިގެ އެންމެ ވަރުގަދަ 4 ލީގު ކަމަށްވާ، އިނގިރޭސި ޕްރިމިއާ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރިއާ އަދި ފުރެންޗް ލީގް 1 ގެ މެޗުތައް މިފަހަރު ވެސް ފެނިގެންދާނީ ހަމައެކެނި މީޑިއާނެޓް މެދުވެރިކޮށް އައިސް ނެޓްވޯކުގެ ޗެނަލްތަކުންނެވެ.

މިދިޔަ ސީޒަންތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމްތަކަށް ނަޒަރު ހިންގާލާ އިރު، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ ފުޓުބޯޅަ ލީގު ކަމުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލީ މެންޗެސްޓަ ސިޓީ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސިޓީ އިން 5 ތަށި ނެގި އިރު ޖުމްލަ 7 ލީގު ތަށި ވަނީ ސިޓީއިން ކާމިޔަބު ކޮށްފަ އެވެ. އަދި މިއީ ސިޓީއިން ވިދިވިގެން ލީގު ތަށި އުފުލާލި 3 ވަނަ ފަހަރެވެ. ލީގު ހުޅުވާ މެޗު ކުޅޭނީ 12 އޯގަސްޓް ވާ ހޮނިހިރު ދުވަހުގެ މެންދަމު 00:00 ގަ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓަ ސިޓީއާއި އަލަށް ލީގަށް ޕުރޮމޯޓްވި ބާންލީ އެވެ.

ލީގުތަކުގެ 2 ވަނައަށް އެންމެ ގިނަމީހުން ބަލާ ސްޕެނިޝް ލަލީގާ ގެ ޗެމްޕިއަންކަން ނެގީ ބާސެލޯނާ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، ބާސެލޯނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ޒަވީ ގެ ކޯޗުކަމުގެ ދަށުން ކާމިޔަބު ކުރި ފުރަތަމަ ލީގު ތަށީގެ އިތުރުން ލީގުގެ ތާރީހުގައި ބާސެލޯނާއިން ކާމިޔާބު ކުރި 27 ވަނަ ތައްޓެވެ. 11 އޯގަސްޓުގައި ލީގު ފެށިގެންދާއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ ބައްދަލުކުރާ މެޗެވެ. މި މެޗެ ކުޅޭނީ ހުކުރު ދުވަހުގެ ރޭގަނޑު 10:30 ގައެވެ.

ވާދަވެރި އިޓާލިއަން ލީގުގެ ވަރުގަދަ ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި ލީގުގެ ފަހުރުވެރި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނަޕޯލީ އެވެ. އެންމެ ފަހުން ނަޕޯލީއިން ލީގު ތައްޓެއް ކާމިޔާބު ކޮށްފައި ވަނީ މީގެ 33 އަހަރު ކުރިން 1990 ވަނަ އަހަރުގަ އެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީ ގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައެވެ.

ފުރާންސްގެ ލީގް 1 އެންމެފަހުގެ ޗެމްޕިއަނުންނަކީ ޕީ އެސް ޖީ އެވެ. މިއި ޕީ އެސް ޖީ އިން ކާމިޔާބުކުރި 11 ވަނަ ލީގު ތައްޓެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗު ކުޅޭނީ އޯގަސްޓް 12 ވާ ހޮނިހިރު ދުވަހެވެ. މެންދަމު 12 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނައިސް އަދި ލީލް އެވެ.

ލީގުތަކުގެ ފުރަތަމަ ހަފްތާގައި ހުރި ވަރުގަދަ ކުރިމަތިލުންތައް:

އިނގިރޭސި ޕްރިމިއާ ލީގް

  • ބާންލީ vs މެންޗެސްޓަރ ސިޓީ ( 12 އޯގަސްޓް، 00:00)
  • އާސެނަލް vs ނޮޓިންހަމް ފޮރެސްޓް (12 އޯގަސްޓް، 16:30)
  • ޗެލްސީ vs ލިވަޕޫލް (13 އޯގަސްޓް، 20:30)
  • މެންޗެސްޓަރ ޔުނައިޓެޑް vs ވުލްސް (15 އޯގަސްޓް، 00:00)

ސްޕެނިޝް ލަ ލީގާ

  • ސެވިއްޔާ vs ވެލެންސިއާ (12 އޯގަސްޓް، 00:30)
  • ބިލްބާއޯ vs ރިއަލް މެޑްރިޑް (13 އޯގަސްޓް، 00:30)
  • ގެޓާފޭ vs ބާސެލޯނާ (14 އޯގަސްޓް، 00:30)
  • އެތްލެޓިކޯ މެޑްރިޑް vs ގްރެނާޑާ (15 އޯގަސްޓް، 00:30)

އިޓާލިއަން ސެރި އާ

  • ފުރުސިނޯން vs ނަޕޯލީ (19 އޯގަސްޓް، 21:30)
  • އިންޓަ މިލާން vs މޮންޒާ (19 އޯގަސްޓް، 23:45)
  • ރޯމާ vs ސެލެނިޓާނާ (20 އޯގަސްޓް، 21:30)
  • އުޑްނީޒް vs ޔުވެންޓަސް (20 އޯގަސްޓް، 23:45)
  • ބޮލޮގްނާ vs އޭސީ މިލާން (21 އޯގަސްޓް، 23:45)

ފުރެންޗް ލީގް 1

  • ނައިސް vs ލީލް (12 އޯގަސްޓް، 00:00)
  • މާސޭ vs ރެއިމްސް (12 އޯގަސްޓް، 20:00)
  • ޕީ އެސް ޖީ vs ލޮރިއެންޓް (13 އޯގަސްޓް، 00:00)
  • ކެލެމޮންޓް ފޫޓް vs މޮނާކޯ (13 އޯގަސްޓް، 18:00)
  • ސްޓްރާސްބަގް vs ލިޔޯން (13 އޯގަސްޓް، 23:45)

ދުނިޔޭގެ އެންމެ ނަން ހިނގާ މި ހަތަރު ލީގުގެ މެޗުތަކުގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕް އާއި ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއް ވެސް ހަމައެކަނި ބަލާލެވޭނީ މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުންނެވެ.

މީގެ އިތުރުން ބުންޑެސް ލީގާ، ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫރޮޕާ ލީގް އަދި އެފް އޭ ކަޕް ގެ މެޗުތައް ވެސް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ އިންނާއި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ.