އެކިއެކި މަސައްކަތްތައް ކޮލިޓީކޮށް ކުރަން ބޭނުންކުރެވޭ "ޓެކީރޯ" ބްރޭންޑްގެ އަތްމަތީ އާލަތްތައް ވިލާ ހާޑްވެއާއިން ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ހާޑްވެއާ ސާމާނު ވިއްކާ ވިލާ ހާޑްވެއާއިން އަލަށް ތައާރަފްކުރި "ޓެކީރޯ" ބްރޭންޑަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް އަދި ބޭނުންކުރަން ފަސޭހަ އާލާތްތަކެކެވެ.

އިންޑޮނޭޝިއާގައި 2000 ވަނަ އަހަރު ތައާރަފުކުރި "ޓެކީރޯ" އަކީ މިހާރު ދެކުނު އިރުމަތީ އޭޝިއާގައި އެންމެ މަގުބޫލު އަތްމަތީ އާލާތްތައް ހިމެނޭ ބްރޭންޑެވެ. މި ބްރޭންޑް މިހާ މަގުބޫލް ވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ސަލާމަތީ ގޮތުން ރައްކާތެރި، އެކަށީގެންވާ ހެޔޮ އަގެއްގައި ލިބި، ފެންވަރު ރަނގަޅުވެފައި ގިނަ ދުވަހު ބޭނުންކުރެވޭތީ އެވެ.

ޕްރޮފެޝަނަލް ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ "ޓެކީރޯ" ބްރޭންޑްގެ އުފެއްދުންތަކަކީ ގޭތެރޭގައި ކުރަން ޖެހޭ ކުދި ކުދި މަސައްކަތްތަކުން ފެށިގެން ވޯކްޝޮޕް އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވެސް ހާއްސަ އުފެއްދުންތަކެކެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ވަރަށް ވަރުގަދަ މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ޓެކީރޯ" ގެ އުފެއްދުންތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެންމެފަހުން މި ބްރޭންޑްގެ އުފެއްދުތައް މިވަނީ ރާއްޖެއާ ހިސާބަށް ވެސް ފޯރައިފަ އެވެ.

ވިލާ ގުރޫޕުން އަލަށް ތައާރަފުކުރި ވިލާ ހާޑްވެއާގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު ހާޑްވެއާ ޕްރޮޑަކްޓްތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ސަޕްލައި ކުރުމެވެ.

ވިލާ ހާޑްވެއާގައި ހުރި

"އަޅުގަނޑުމެންގެ އަމާޒަކީ، ވިލާގެ އެންމެ އިތުބާރު ލިބިފައިވާ ލިބިފައިވާ މާކެޓަރުންނާއި ޑިސްޓްރިބިއުޓަރުންގެ ތެރޭގައި ސްޓްރެޓެޖިކް ގޮތުން ހިމެނުމާއި، ބޭނުންވާ ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި އާ އުފެއްދުންތައް ފޯރުކޮށްދީ، ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުން ދެމެހެއްޓުމަށްޓަކައި ހެޔޮގަކާއެކު މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، ބްރޭންޑް އައިޑެންޓިޓީ އާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް އަހަންމިއްޔަތުކަން ދީގެން، އަޅުގަނޑުމެންގެ ގައުމުގެ ސިނާއީ އަދި ވިޔަފާރީގެ ބޭނުންތައް އަބަދުވެސް ފުއްދައިދިނުން،" ވިލާ ހާޑްވެއާ އިން ބުންޏެވެ.

މި ފިހާރަ ހުޅުވާފައި ވަނީ ހުޅުމާލެ ފޭސް 1 ގައި ވިލާ އިން ހިންގަމުންދާ ޕެޓްރޯލް ޝެޑްގަ އެވެ.

ވިލާ ހާޑްވެއާގައި ހުރި "ޓެކީރޯ" ބްރޭންޑްގެ ޓޫލްސްތަކެއް. މި ބްރޭންޑަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް އަދި ބޭނުންކުރަން ފަސޭހަ އާލާތްތަކެއް.

ވިލާ ހާޑްވެއާ އިން ވިއްކާ ހުރިހާ ސާމާނެއްވެސް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ކޮލިޓީ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ވިލާ ހާޑްވެއާ އިން ލިބެން ހުންނަ ޕްރޮޑަކްޓްތަކާއި ގުޅޭ އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7211333 ނަންބަރަށް ވައިބާ ކޮށްގެން މައުލޫމާތު ލިބޭނެ އެވެ. މީގެ އިތުރުން ވިލާ ހަކަތައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ އެވެ.