މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އިންތިޒާމުކޮށްގެން ބާއްވާ "އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމް 2023" އިއްޔެ ފަށައިފި އެވެ.

އެމްޕީއެލްއިން ބުނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމަކީ މީގެ ދެ ވަނަ ފޯރަމް ކަމަށެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިން ތުރޫ ދިސް ކޭއޮސް" އެވެ.

މި ޝިއާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކަށް އަލިއަޅުވާލާނެ އެވެ.

އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޕީއެލް

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިންސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓްސްޕެޝަލިސްޓުންނާއެކު ވާހަކަ ދައްކާ މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.