ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގައި ހުންނަ އެލައިޑް އިންޝުއަރެންސްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އަލިފާން ނިވި އެއް ދޭން ފަށައިފި އެވެ.

އިއްޔެ ހަވީރުން ފެށިގެން މާދަމާ ރެއާ ހަމައަށް ކުރިއަށްދާ މި އެކްސްޕޯގެ ތެރެއިން އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކޮށް، އެލައިޑްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އަލިފާން ނިއްވަން ބޭނުންކުރާ ފުޅިއަކާއި ބްލޭންކެޓެއް ލިބޭނެ އެވެ.

މި އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރު ފަހު 3 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. މި އެކްސްޕޯގައި ހުންނަ އެލައިޑްގެ ސްޓޯލު ނަންބަރަކީ 23 އަދި 24 އެވެ.

އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ފޯރުކޮށްދޭ އިންޝުއަރެންސް "ހިޔާވަހި" ގެ މައުލޫމާތު ސާފުކުރެވޭނެ އެވެ.

މިއީ ގޭތެރޭ އަލިފާނުގެ ހާދިސާ އަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހިފާ ގެންގުޅޭ ސާމާނާއި ގޭތެރޭގެ ފަރުނީޗަރު އަދި އިލެކްޓްރިކް މުދަލަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ލިބޭ އިންޝުއަރެންސް ސްކީމެކެވެ. އެގޮތުން ހިޔާވަހި އިންޝުއަރެންސް އަށް އެލައިޑްގެ ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް އެދެވޭނެ އެވެ. އަދި އެ ސްޓޯލުން މި ޕެކޭޖަށް އެދެވޭނެ އެވެ.

މި އިންޝުއަރެންސްގެ އެންމެ ކުޑަ ޕެކޭޖުގެ ޕްރިމިއަމް އަކީ އަހަރަކަށް 200ރ. އެވެ. އެ ޕެކޭޖުން 150،000ރ. ގެ ކަވަރޭޖެއް ލިބޭނެ އެވެ.