ފުޓުބޯޅައިގެ އެންމެ ފޯރިގަދަ ލީގުތަކުގެ ތެރެއިން ސްޕެނިޝް ލަލީގާގެ އާ ސީޒަން މިރޭ ފެށޭނެ އެވެ.

ފުޓުބޯޅައިގެ އެންމެ ވަރުގަދަ 4 ލީގު ކަމަށްވާ، އިނގިރޭސި ޕްރިމިއާ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރިއާ އަދި ފްރެންޗް ލީގް 1 ގެ މެޗުތައް މިފަހަރު ވެސް ފެންނާނީ ހަމައެކެނި މީޑިއާނެޓް މެދުވެރިކޮށް އައިސް ނެޓްވޯކުގެ ޗެނަލްތަކުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ހަތަރު ލީގްގެ މެޗުތައް މި ސަރަހައްދުގައި ދައްކާ ހަމައެކަނި ނެޓްވޯކަކީ މީޑިއާ ނެޓެވެ.

ފުޓްބޯޅަ ލީގުތަކުގެ 2 ވަނައަށް އެންމެ ގިނަ މީހުން ބަލާ ސްޕެނިޝް ލަލީގާ މިރޭ ފެށޭއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ ބައްދަލުކުރާ މެޗެވެ. މި މެޗެ ކުޅޭނީ މިރޭ 10:30 ގަ އެވެ.

ވާދަވެރި އިޓާލިއަން ލީގުގެ ވަރުގަދަ ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި ލީގުގެ ފަހުރުވެރި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނަޕޯލީ އެވެ. އެންމެ ފަހުން ނަޕޯލީއިން ލީގު ތައްޓެއް ކާމިޔާބު ކޮށްފައި ވަނީ މީގެ 33 އަހަރު ކުރިން 1990 ވަނަ އަހަރުގަ އެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީ ގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައެވެ.

ފުރާންސްގެ ލީގް 1 އެންމެފަހުގެ ޗެމްޕިއަނުންނަކީ ޕީ އެސް ޖީ އެވެ. މިއި ޕީ އެސް ޖީ އިން ކާމިޔާބުކުރި 11 ވަނަ ލީގު ތައްޓެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗު ކުޅޭނީ މާދަމާ ރޭ އެވެ. މެންދަމު 12 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނައިސް އަދި ލީލް އެވެ.

ލީގުތަކުގެ ފުރަތަމަ ހަފްތާގައި ހުރި ވަރުގަދަ ކުރިމަތިލުންތައް:

އިނގިރޭސި ޕްރިމިއާ ލީގް

  • ބާންލީ vs މެންޗެސްޓަ ސިޓީ ( 12 އޯގަސްޓް، 00:00)
  • އާސެނަލް vs ނޮޓިންހަމް ފޮރެސްޓް (12 އޯގަސްޓް، 16:30)
  • ޗެލްސީ vs ލިވަޕޫލް (13 އޯގަސްޓް، 20:30)
  • މެންޗެސްޓަ ޔުނައިޓެޑް vs ވުލްސް (15 އޯގަސްޓް، 00:00)

ސްޕެނިޝް ލަ ލީގާ

  • ސެވިއްޔާ vs ވެލެންސިއާ (12 އޯގަސްޓް، 00:30)
  • ބިލްބާއޯ vs ރިއަލް މެޑްރިޑް (13 އޯގަސްޓް، 00:30)
  • ގެޓާފޭ vs ބާސެލޯނާ (14 އޯގަސްޓް، 00:30)
  • އެތްލެޓިކޯ މެޑްރިޑް vs ގްރެނާޑާ (15 އޯގަސްޓް، 00:30)

އިޓާލިއަން ސެރި އާ

  • ފުރުސިނޯން vs ނަޕޯލީ (19 އޯގަސްޓް، 21:30)
  • އިންޓަ މިލާން vs މޮންޒާ (19 އޯގަސްޓް، 23:45)
  • ރޯމާ vs ސެލެނިޓާނާ (20 އޯގަސްޓް، 21:30)
  • އުޑްނީޒް vs ޔުވެންޓަސް (20 އޯގަސްޓް، 23:45)
  • ބޮލޮގްނާ vs އޭސީ މިލާން (21 އޯގަސްޓް، 23:45)

ފުރެންޗް ލީގް 1

  • ނައިސް vs ލީލް (12 އޯގަސްޓް، 00:00)
  • މާސޭ vs ރެއިމްސް (12 އޯގަސްޓް، 20:00)
  • ޕީ އެސް ޖީ vs ލޮރިއެންޓް (13 އޯގަސްޓް، 00:00)
  • ކެލެމޮންޓް ފޫޓް vs މޮނާކޯ (13 އޯގަސްޓް، 18:00)
  • ސްޓްރާސްބަގް vs ލިޔޯން (13 އޯގަސްޓް، 23:45)

ދުނިޔޭގެ އެންމެ ނަން ހިނގާ މި ހަތަރު ލީގުގެ ހުރިހާ މެޗެއް ވެސް ހަމައެކަނި ބަލާލެވޭނީ މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުންނެވެ.

މީގެ އިތުރުން ބުންޑެސް ލީގާ، ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫރޮޕާ ލީގް އަދި އެފް އޭ ކަޕްގެ މެޗުތައް ވެސް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ އިންނާއި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ.