ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އަލަށް ކްރިޑް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ތިރީގައިވާ އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

  • 31 އޮކްޓޫބަރު 2023 ގެ ކުރިން ކްރެޑިޓް ލިމިޓްގެ 80 ޕަސެންޓް ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެ.
  • 31 އޮކްޓޫބަރު 2023 ގެ ކުރިން ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓަރކުރާ އައު ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވާޑް ޕޮއިންޓް ލިބޭނެ.

އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރު ވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން އޮކްޓޫބަރު 31ގެ ކުރިން ކްރެޑިޓް ކާޑުން 3،000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.