ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ޖަޕާނުގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު އާއި ޖީ ފައިވް މޮނިޓަރު (އެސްޓީއޯ) އިން، ރާއްޖޭގެ ސިއްހީ ދާއިރާއަށް ތައާރަފްކޮށްފި އެވެ.

ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު އަދި، ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގެންނެވި އެވެ.

ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓްލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.

ޖަޕާނުގެ އެއް ނަންބަރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެސްޓީއޯ

ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން އެސްޓީއޯއިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް އޯގަސްޓް މަހުގެ 14 ން 16 އަށް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު އާއި ޖީ ފައިވް މޮނިޓަރގެ ފީޗަރސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެ އެވެ.