ވިލާމާޓުން އަބަދުވެސް ސަމާލުކަން ދެނީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެންމެ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށެވެ. އަޅުގަނޑުމެން މުދާ ހޯލްސޭލްކޮށް ރީޓެއިލް ކުރަނީ ރާއްޖޭގެ މާކެޓަށް ބޭނުންވާ ގޮތަށެވެ.

އޮޓިމާ ބްރޭންޑުން ޕާސްތާގެ ތަފާތު ބާވަތްތައް ލިބެން ހުރެ އެވެ. އެގޮތުން ސްޕެގެޓީ، މެކަރޯނީ، ޕެނޭ، ފުސިލީ، ފެޓުސީން އަދި ރިގަޓޯނީ ހިމެނެ އެވެ.

ޕާސްތާ ސެލެޑަކީ ޕާސްތާގެ މީރުކަމާއި ތަރުކާރީގެ ތާޒާކަމާއި ޕްރޮޓީން އަދި ރަހަގަދަ ޑްރެސިންތައް އެއްތަނަކަށް ގެނެސްދޭ ހިތްގައިމު ކެއުމެކެވެ. އެކެއުން ތައްޔާރުކުރުމުގެ ފަސޭހަކަމާއެކު، ގިނަ ބަޔަކަށް މީރު ގޮތަކަށް ފޯރުކޮށްދެވޭކަމަކީ ގިނަ ބައެއްގެ މެދުގައި މި ޕާސްތާ މަގުބޫލްކަން ހޯދާފައިވާ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންކަމުން އަވަސް އަދި ފަސޭހަ ކެއުމެއް ނުވަތަ ތާޒާ ސައިޑް ޑިޝްއެއް ހޯދަން އުޅުނަސް ޕާސްތާ ސެލެޑަކީ އަބަދުވެސް އިތުބާރު ހިފޭ އަދި މީރު ޗޮއިސްއެކެވެ.

އޮޓިމާ ޕާސްތާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަލަޑެއް.

މިއީ ފަސޭހަ އޮޓިމާ ޕާސްތާ ސެލެޑެއް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • ފާފޯލް އޮޓިމާ ޕާސްތާ
  • އަލްމަރައި ބަޓަރު
  • ނެސްލޭ ކުކިން ކްރީމް
  • ލަންޗަން މީޓް
  • ކެރެޓް
  • ލީކްސް
  • ކިއުކަމްބާ
  • ލޮނު
  • އަސޭ މިރުސް
  • އޮރެގާނޯ

ހަދާނެ ގޮތް:

  • ޕެކޭޖްގެ އިރުޝާދުތަކާ އެއްގޮތަށް ޕާސްތާ ކައްކާށެވެ. ޕާސްތާ ޕެކެޓުން ނަގައި ތައްޔާރުކޮށްފައި ބަހައްޓާށެވެ.
  • ޕާސްތާ ސޯސް ތައްޔާރުކުރުން: ނެސްލޭ ކްރީމް ބަޓަރު އަދި ސީޒަނިން އެއްކޮށްލާށެވެ.
  • ސޯސްގެ ތެރެއަށް ތަރުކާރީ އާއި ލަންޗަން މީޓް އަޅާލާށެވެ.
  • މަޑުމަޑުން ޕާސްތާ އަޅައި އެއްކޮށްލާށެވެ.
  • ބޭނުން ނަމަ ޗީޒް އާއި ޗިލީ ފްލޭކްސް މައްޗަށް އަޅާލާށެވެ.

ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު ހެޔޮ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެ ގޮތް ހަމަޖައްސައި ދިނުމެވެ. އެގޮތުން މި ބްރޭންޑަކީ ވިލާ ޓްރޭޑިން އިން ދާދި ފަހުން ރާއްޖެއަށް ތައާރަފް ކުރި ބްރޭންޑެކެވެ. މި ބްރޭންޑްގެ އެކި ސައިޒްގެ އެކި ވައްތަރުގެ ޕާސްތާ ވިލާ ޓްރޭޑިންގެ ކުޑައިގެ ދަށުން ހިންގާ ވިލާމާޓްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނީގެ ވަފާތެރި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށްޓަކައި، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، އުނދަގުލަކާ ނުލައި ވިޔަފާރި ކުރެވޭނެ މަގު ވެސް ތަނަވަސްކޮށްދީފަ އެވެ. އެ ވެބްސައިޓުން ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އެ ވެބްސައިޓަކީ އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ވިލާ ޓްރޭޑިން އިން ވިއްކާ ހުރިހާ އެއްޗެއް، މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނި ފަހަރުތައް ޑެލިވަރީކޮށްދޭނެ އެވެ. ވިލާ ޓްރޭޑިންގެ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެ އެވެ.