އަވަށްޓެރި ގައުމުތަކުގަ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވެ އަދި މަތީ ތައުލީމު ހާސިލްކުރުން ފަދަ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދެ އެވެ. މި ފަރާތްތަކަށް ދިވެހި ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތައް ފަސޭހައިން ބަލާލުމަށް މާބޮޑު ދަތިތަކަކާއި ކުރިމަތިލާކަށް ދެން ނުޖެހޭނެ އެވެ. ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި މީޑިއާނެޓުގެ ޚިދުމަތް މުޅި ދުނިޔެއަށް މިއަދު މިވަނީ ފުޅާކޮށްފަ އެވެ.

މިއަދު މީޑިއާނެޓުން ތައާރަފްކުރި ޓީވީއަށް ޚާއްސަ "އެމް އެސް ލައިޓް ގްލޯބަލް" އަދި ފޯނު ޑިވައިސްތަކަށް ޚާއްސަ "އެމް އެސް ޑިޖިޓަލް ގްލޯބަލް" ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތާކު ހުރެވެސް ދިވެހި ޗެނަލްތަކާއި އަދި މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާރވިސް ވީޑިއޯ ކްލަބްގައި ހިމެނޭ މުނިފޫހިފިލުވުމުގެ ތަފާތު ފިލްމާއި ސީރީޒް ބަލާލެވޭނެ އެވެ.

އެމް އެސް ލައިޓް ގްލޯބަލް އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޚިދުމަތުގައި ތަފާތު ފުރިހަމަ ފީޗާތަކެއް ހިމެނިފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ފާހަގަކޮށްލެވޭ ފީޗާތަކައް ބަލާއިރު:

  • ކެޗަޕް ފީޗާ މެދުވެރިކޮށް ފާއިތުވި 04 ދުވަހު ޗެނަލްތަކުން ވަގުތުން އައި ޕްރޮގްރާމްތައް އަލުން ބެލޭނެ
  • ވަގުތުން ދައްކަމުންދާ ޕްރޮގްރާމްތައް ޕޯސް ކޮށް، ޕްލޭކޮށް އަދި ރިވައިންޑްކޮށްލެވޭނެ
  • ކުރިއަށް އަންނަން ހުރި ޝައުގުވެރި ޕްރޮގްރާމްތަކަށް ރިމައިންޑަރ ވެސް ސެޓްކޮށްލެވޭނެ
  • އިލެކްޓްރޯނިކް ޕްރޮގްރާމްގައިޑް ފީޗަރ އާއިއެކު ޗެނަލްތަކުގެ ޕްރޮގްރާމް ޝެޑިއުލް ބެލޭނެ
  • މީޑިއާނެޓުގެ އޮރިޖިނަލް ދިވެހި ފިލްމާއި ސީރީޒް ހިމެނޭ ވީޑިއޯކްލަބް ސާރވިސްވެސް މި ދެ ޚިދުމަތާއެކު ލިބޭނެ

އެމް އެސް ލައިޓް ގްލޯބަލް:

އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ސީދާ ސްމާޓް ޓީވީ (އެންޑްރޮއިޑް، ސެމްސަންގް، އެލްޖީ އަދި ކްރޯމްކާސްޓް އަދި އެމޭޒަން ފަޔަ ސްޓިކް ފަދަ އެންޑްރޮއިޑް ޓީވީ ޑިވައިސް) އިން ޗެނަލްތައް ވަގުތުން ބެލޭނެ އެވެ. މިކަމަށް ހަމައެކަނި ބޭނުންވާނީ އިންޓަނެޓް ކަނެކްޝަންއެކެވެ.

މި ޚިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކަށް 199 ރުފިޔާ އެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވަނީ ނަމަ ޖުމްލަ 1،200 ރުފިޔާ, އެއީ މަހަކަށް އެންމެ 199 ރުފިޔާ އެވެ.

އެމް އެސް ޑިޖިޓަލް ގްލޯބަލް:

މީޑިއާނެޓު ޑިޖިޓަލް ގްލޯބަލް ޚިދުމަތާއެކު ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެ ވެސް ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ޗެނަލެއް އަދި ވީޑިއޯކްލަބް ކޮންޓެންޓް ބެލޭނެ އެވެ.

މި ޚިދުމަތުގައި ހިމެނޭ ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74 ރުފިޔާ އެވެ. އަދި 12 މަހުގެ ޕްލޭނެއް ނަގާކަމުގައި ވަނީ ނަމަ ޖުމްލަ 600 ރުފިޔާ, އެއީ މަހަކަށް އެންމެ 50 ރުފިޔާ އެވެ.

މީޑިއާނެޓު އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ޓީވީ އަދި ފޯނުގެ އެޕްލިކޭޝަން ސްޓޯއަށް ޒިޔާރަތް ކުރުމަށްފަހު "މީޑިއާނެޓު" ހޯދުމަށްފަހު އިންސްޓޯލް ކޮށްލުމުން ނިމުނީ އެވެ. މި އެޕްލިކޭޝަން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

https://www.youtube.com/watch?v=KsVkVGa65jU

މި ޚިދުމަތްތަކަށް ރަޖިސްޓާކުރުމަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯޓަލް register.medianet.mv އަށް ޒިޔާރަތްކޮށް މައުލޫމާތު ފުރިހަމަކުރުމުން ލޮގިން ޑީޓެއިލްސް އީމެއިލް މެދުވެރިކޮށް ކަސްޓަމަރަށް ލިބޭނެ އެވެ.

https://www.youtube.com/watch?v=XMEETLBF0eg

ޕެކޭޖަށް ފައިސާ ދެއްކުމަށާއި ވައުޗާ ބައްލަވައިގަތުމަށް މީޑިއާނެޓުގެ ކުއިކްޕޭ ޕޭމަންޓް ޕޯޓަލް my.medianet.mv ބޭނުން ކުރެވޭނެ އެވެ.

https://www.youtube.com/watch?v=g52Tzk1DE8U

ގިނަ ދިވެހިން ޓީވީ އާއި ރަޙުމަތްތެރި ދުވަސްތަކަކާއި ކުރިމަތިލާއިރު ގައުމުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މި ދެ ޚިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ޕްރޮގްރާމްތައް ބެލޭނެ މަގުފަހިވެގެންދާނެ އެވެ.