ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑް އިންޝުއަރެންސުން ބާއްވާ "އެލައިޑް ފެސްޓް" އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެލައިޑުން ބުނީ މި ފެސްޓިވަލް ބާއްވަނީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މިފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާރްޓް ކޯނާ އެއް ވެސް ހިމެނޭ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދިރިއުޅުމާއި އާއިލާއާ ބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.

މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ކުރިއަށްދާނެއިރު އެ ލަކީޑްރާއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.

މިއީ އެލައިޑުން "އެލައިޑް ފެސްޓް" ބާއްވާ ދެވަނަ އަހަރެވެ. އެލައިޑުން ބުނީ، މީގެ ކުރީ އަހަރު ބޭއްވި "އެލައިޑް ފެސްޓް" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ