ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 149 ރުފިޔާއަށް 100ޖީބީ ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ލިބޭނެއެވެ.

ދާދި ފަހުން ދިރާގުން ތަޢާރަފްކުރި މި ފަސް ދުވަހުގެ ޑޭޓާ ޕެކްއަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފަރއެކެވެ. އެގޮތުން މި ޕެކްއާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެއެވެ.

މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100ޖީބީ ޑޭޓާ ޕެކްތަކެއް ލޯންޗުކޮށްފަ އެވެ.

•100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް

•100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް

•100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް

•100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް

•100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.