ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނެފި އެވެ.

އެ މަޝްރޫއާ ބެހޭ ގޮތުން އެމްޓީސީސީން ބުނީ އެރަށު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދުގެ ޕޭވްމަންޓް މަސައްކަތްތައް ކަމަށެވެ.

އެމްޓީސީސީން ށ. ފީވަކު ބަނދަރު ހެދުމުގެ މަސައްކަތްކުރަނީ. އެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައި. ފޮޓޯ: އެމްޓީސީސީ

ފީވަކު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވެ އެވެ. އަދި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ވެސް ލާފައިވެ އެވެ. މީގެ އިތުރުން 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ށ. ފީވަކު ބަނދަރު ހެދުމުގެ މަސައްކަތްކުރަނީ. އެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައި. ފޮޓޯ: އެމްޓީސީސީ

އެ ކުންފުނިން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 67.6 މިލިއަން ރުފިޔާ އެވެ.