މި އަހަރު އުރީދޫ އިން ކުރިއަށްގެންދިޔަ މަސްރޭސް ތާރީހީ ރެކޯޑުތަކާ އެކު ނިންމާލައިފި އެވެ.

އުރީދޫއިން ބުނީ ފޯރިއާ އެކު ކުރިއަށް ދިޔަ މަސްރޭސް 2023 ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބާއްވާފައިވާ ކަމަށެވެ. އެގޮތުން މިފަހަރުގެ މަސްރޭސް ބާއްވާފައިވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގަ އެވެ.

މިއިން ކޮންމެ ސިޓީއެއްގައި ކުރިއަށް ގެންދިޔަ މަސްރޭހުގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައް ވެސ ވަނީ ހޮވައިފަ އެވެ. އުރީދޫ މަސް ރޭހަކީ ދިވެހި މަސްވެރިންގެ ހުނަރެއް ޝައުގުވެރިކަން ވެސް ދައްކުވައިދޭ މުބާރާތެކެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުބާރާތެކެވެ. ހަތްދިހަ ހަތަރު ޓީމުން ބައިވެރިވެ މަސްވެރިންގެ ކުޅަދާނަ ހުނަރު ދައްކާލާ، މަސްރޭހުގެ ރެކޯޑްތައް މުގުރާލައި، މަސްރޭހުގެ ތާރީޚުގައި އަދި ބޭނިފައި ނުވާ މަސްތަކާ އެކު، މި އަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫ މަސްރޭސް 2023 ގެ ތެރެއިން

އެގޮތުން އުރީދޫ މަސްރޭސް 2022 ގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުންގެ ރެކޯޑް މުގުރާލާ މި އަހަރުގެ މުބާރާތުގައި މޮޅުވި ޓީމުތަކުގެ ތެރެއިން ފުވައްމުލައް ސިޓީން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓް ހޯދައިފަ އެވެ. ހަމަ އެއާއެކު ކުޅުދުއްފުށި ސިޓީން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓް ހޯދައިފައިވާއިރު މާލޭ ސިޓީން މުބާރާތް ކާމިޔާބުކުރީ ސޮނީ ފިޝިން ޓީމުން 860 ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ މަސްރޭސް 2023 ގެ ތާރީހީ ކާމިޔާބުތައް!

އުރީދޫ މަސްރޭސް 2023 ގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަފާސް ހިސާބަކީ މި އަހަރު އުރީދޫ މަސްރޭހުގެ ތާރީހުގައި މުޅިން އަލަށް ހިބަރު ބާނާފައިވާކަމެވެ. ހިބަރު ބޭނުމަކީ ކޮންމެ މަސް ވެރިއަކަށް ވެސް ފަހުރުވެރި ކާމިޔާބެކެވެ. ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ ތިން ހިބަރު ބާނާ ރެކޯޑް ހަދައިފަ އެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެކެވެ.

އުރީދޫ މަސްރޭސް 2023 ގެ ތެރެއިން

އުރީދޫ މަސްރޭހުގެ ތާރީހުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބާނާފާވާ ކަމެވެ. ކަނޑުގެ އެންމެ އަޑީގައި ދިރިއުޅޭ މި މަހަކީ ބޭނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ބާވަތެކެވެ. ކައްޓެޅި މަސް ބާނާފައި ވަނީ ދެ ޗެމްޕިއަން ޓީމް ކަމަށްވާ އައްޑޫ ސިޓީގެ ޓީމް ފެހުރިހި އާއި ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސް އިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަރަމުން އަންނަ ތަފާތު ކަނޑުގެ ދިރުންތައް މި ނާދިރު ބޭނުންތަކުން ދައްކުވައިދެ އެވެ.

އުރީދޫ މަސްރޭސް 2023 ގެ އެންމެ ބަރު މަސްތައް

އެންމެ ބަރު މަސް ކެޓަގަރީގައި ވެސް ހިތްގައިމު ތަފާސް ހިސާބުތަކެއް ފެނިގެން ދިޔައިރު، ސީ ގިއާ މޯލްޑިވްސްގެ ހާއްސަ ގިފްޓް ޕެކް ހާސިލްކުރި ހުނަރުވެރި މަސްވެރިން ވަނީ ތަފާތު މަސްތަކެއް ބާނައިފަ އެވެ. މާލެ ސިޓީން ޓީމް ސޮނީ ފިޝިންގް އިން ވަލީދު 17.54 ކިލޯގްރާމް ބަރުދަނުގައި ހުރި ބޮޑު މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީން އެންމެ ބަރު މަސް ބާނާފައިވަނީ ޓީމު ބުޅި ކެނޑިން ހަސަން އަލީ އެވެ. އޭނާ 25.85 ކިލޯގްރާމްގެ އަގުހުރި ހިބަރެއް ބާނާ ވަނީ ކުރިއަށް އޮތް މުބާރާތްތަކަށް ބޮޑު ހިތްވަރެއް ހޯދައިދީފަ އެވެ. އައްޑޫ ސިޓީގެ ޗެމްޕިއަން ޓީމް - ޓީމް ފެހުރިހިން ނަޖާ 5.5 ކިލޯގެ ބަރުދަނުގައި ހުރި ފާހަގަކޮށްލެވޭ ވާހޫ (ކުރުމަސް) ބާނާފައިވާއިރު، ފުވައްމުލައް ސިޓީން ޓީމް ރީފް ރައިޑާސްގެ އަބްދުالله އިބްރާހިމް 8.05 ކިލޯގްރާމްގެ ރޫބީއަކާ އެކު އެންމެ ދެކުނުގެ ސަރަހައްދުގެ އަގުހުރި މަސްވެރިކަން ފެނިގެންދިޔަ އެވެ.

އުރީދޫ މަސްރޭސް 2023 ގެ ތެރެއިން

އުރީދޫ މަސްރޭސް 2023 އަކީ ހަމައެކަނި މަސްވެރިކަމުގެ މުބާރާތެއް ނޫނެވެ. އެއީ ރެކޯޑްތައް މުގުރާލައި، މަދުން ނޫނީ ނުބޭނޭ މަސްތަކާއި، ރާއްޖޭގެ މަސްވެރިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި މުބާރާތެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ އާދަކާދަ ކުރިއަރަމުން އަންނައިރު، އުރީދޫ މަސްރޭސް އިން ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ކުލަގަދަ އަދި ފޯރިއާ އެކު އާ ކާމިޔާބީތައް ފެނިގެން ދާނެ ކަމީ ޔަގިންކަމެކެވެ.