ކުރިއަށް އޮތް 5 އަހަރު ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅޭ ހުރިހާ ހަރަކާތްތަކެއް މީޑިއާނެޓު މެދުވެރިކޮށް ދިވެހިންނަށް ފެންނާނެ އެވެ.

ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހަށް އިންތިޚާބު ތާވަލު ކުރެވިފައިވާއިރު، މި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެ ފަރާތްތަކުގެ ޓީމުތަކުން އަންނަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މާލޭގެ މަގުތަކުގައި ދަމާފައިވާ ދިދަފަތިތަކާއި، ރަށްރަށުގެ ބަނދަރުމަތިން ފެންނަ ކުލަތަކުން ވެސް މިކަން ފާހަގަކޮށްލެވެ އެވެ.

ރިޔާސީ އިންތިޚާބާއި ގުޅުންހުރި ހަރަކާތްތައް ޖޯޝާއެކު ކުރިއަށްދާއިރު ޓީވީ ޗެނަލްތައް މެދުވެރިކޮށްދަނީ ދުރާއި ގާތުން ޓީވީ ބަލަމުންގެންދާ ފަރާތްތަކަށް ވަގުތުން މި މަންޒަތައް ގެނެސްދެމުންނެވެ. ބައެއް ކެނޑިޑޭޓުން އެ ފަރާތްތަކަށް ޚާއްސަ ޓީވީ ޗެނަލްތަކެއް ގެންގުޅޭކަން ވެސް ފާހަގަކޮށްލެވެ އެވެ. ހަމައެހެންމެ ވޯޓު ލާ ދުވަހާއި ވޯޓު ގުނުމުގެ ފުރިހަމަ ކަވަރޭޖް ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ޗެނަލްތަކުން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓީވީ ސާވިސް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން މީޑިއާނެޓުން އަންނަނީ މި ހުރިހާ ފަރާތްތަކަށް ވެސް އެއްހަމައެއްގައި ޗެނަލް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދެމުންނެވެ. ހަމަ އެހެންމެ މީޑިއާނެޓުގެ ޕްލެޓްފޯމަކީ މި ހުރިހާ ޗެނަލްތަކެއް އެއް ޕްލެޓްފޯމަކުން ބަލާލުމަށް އެންމެ ފަސޭހަ އެންމެ ފުރިހަމަ ޚިދުމަތް ކަމާމެދު ޝައްކެތްނެތެވެ.

ޓީވީ ދޮށުގައި މަޑުކޮށްލައިގެން އިނދެ ސިޔާސީ ފޯރީގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން އެމްއެސް ޑިޖިޓަލް މެދުވެރިކޮށް އިންތިޚާބާއި ގުޅޭ ޕްރޮގްރާމްތައް ފަސޭހައިން ބެލޭނެ އެވެ. ސިޔާސީ ފޯރި ރާއްޖެއިން ބޭރުގައި ވެސް ގަދަވެފައިވާ މި ދަނޑިވަޅުގައި މީޑިއާނެޓުން ވަނީ އެމް އެސް ގްލޯބަލް ތަޢާރަފްކޮށްފަ އެވެ. މިއާއެކު މީޑިއާނެޓު ޚިދުމަތުގައި ހިމެނޭ ހުރިހާ ދިވެހި ޗެނަލްތައް ރާއްޖެއިން ބޭރުގައި ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ސިޔާސީ މަޝްރަހާއި ގުޅުންހުރި ހުރިހާ ޚަބަރަކާއި ހަރަކާތްތައް ޓީވީ މެދުވެރިކޮށް ބަލާލުމަށް ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް މީޑިއާނެޓުގެ އެންމެ އަގުހެޔޮ ޕެކޭޖު "ލޯކަލް ޕެކޭޖު" ނަގާލުމުން ހުރިހާ ދިވެހި ޗެނަލެއް ފެންނާނެ އެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތައް ބަލާލުމަށް "އެމް އެސް ސްޓާޓަ" ޕެކޭޖު ވައުޗާއެއް ބައްލަވައިގަނެ ކޯޑު ޖަހާލުމުން ނިމުނީ އެވެ. ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން ޓީވީ އިން ބަލާލުމަށް "އެމް އެސް ލައިޓް ގްލޯބަލް" އަދި ފޯނު ޑިވައިސް މެދުވެރިކޮށް ބަލާލުމަށް "އެމް އެސް ޑިޖިޓަލް ގްލޯބަލް" އަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯޓަލް register.medianet.mv އަށް ޒިޔާރަތްކޮށް ރެޖިސްޓާކުރުމަށްފަހު ޕެކޭޖެއް ނަގާލުމުން ނިމުނީ އެވެ.

މި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕެކޭޖު ބައްލަވައިގަތުމަށް މީޑިއާނެޓުގެ ކުއިކް ޕޭ ޕޯޓަލް my.medianet.mv އަށް ޒިޔާރަތްކޮށްލައްވާ ފައިސާ ދައްކާލުމުން ޗެނަލްތައް ވަގުތުން ބެލޭނެ އެވެ. މީޑިއާނެޓުގެ އަމާޒަކީ އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްސް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމެވެ.