ހިލްޓަން އިން ރާއްޖޭގައި ހިންގާ "ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،340 ޑޮލަރު (51،502) ދޭން ނިންމައިފި އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސްއިން ފޭސްބުކް ޕޭޖްގައިވާ ގޮތުން އިތާފުށީގެ މުވައްޒަފުންނަށް މިމަހު ސަރވިސް ޗާޖުގެ ގޮތުގައި 3،340 ޑޮލަރު ދޭނެ އެވެ. މީގެ އިތުރުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވެސް 3،007 ޑޮލަރު (46،367ރ) ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އަންނަންތާރާ ކިހަވަށް އިން 2،097.43 ޑޮލަރު (32،342ރ.) ދޭން ނިންމާފައިވެ އެވެ. މީގެ އިތުރުން ސެންޓްރެޖިސް ވޮށްމުލިން ވެސް 2،070 ޑޮލަރު (31،919ރ) ސާވިސް ޗާޖުގެ ގޮތުގައި ޖެހިފައިވެ އެވެ.

އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ހުޅުވީ ޖުލައި 2019 ގަ އެވެ.

ހިއްކައިގެން ތަރައްގީކުރި އެ ރިސޯޓަށް ދުނިޔޭގެ މަޝްހޫރު މީހުންނާއި މަހުޖަނުން ގިނަ އަދަދަކަށް ޗުއްޓީ ހޭދަކުރެ އެވެ.