ވިއްސާރަ ދުވަހެއްގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުން ބާޒާރުކޮށްލަން ދިއުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. ނަމަވެސް މިހާރު ވިއްސާރަ ވިޔަސް ހާސްވާކަށް ނުޖެހެ އެވެ. ގޭގައި ތިބެގެން ވެސް ބާޒާރުކޮށްލެވޭނެ ފަސޭހަ އިންތިޒާމް ވިލާ ޓްރޭޑިން އިން މި ވަނީ ހަމަޖައްސައިދީފަ އެވެ.

ވިލާ މާޓުން ވިޔަފާރިކޮށްލުމަށް ވިލާ މާޓް ވެބްސައިޓުން އޯޑާކޮށްލެވޭނެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ވިލާ މާޓުން ވަނީ ކަސްޓަމަރުންނަށް ފަސޭހައިން ބާޒާރުކޮށްލެވޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ހަދައިފަ އެވެ. އެ ވެބްސައިޓަކީ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އީ-ކޮމާސް އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ.

މާލޭގައި ހުންނަ ވިލާ މާޓުގެ ފިހާރައެއް. މިތަނުން ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެޔޮ އަގުގައި ލިބެން ހުރޭ.

އޮންލައިންކޮށް ވިޔަފާރިކުރުމުން ލިބޭ ފަސޭހަ އާއި އެ އުފެއްދުންތައް ބޯޓާއި ފެރީއަށް ކަނޑައެޅިފައިވާ ވަގުތުގައި ޑެލިވާކޮށްދޭނެ އެވެ. ކޮންމެ ދުވަހެއްގެ 4:00 ގެ ކުރިން އަންނަ އޯޑަރުތައް އެ ދުވަހެއްގައި ޑެލިވާ ކޮށްދޭނެ އެވެ. ނޫންނަމަ ޖެހިގެން އަންނަ ދުވަހު ޑެލިވާކޮށްދޭނެ އެވެ.

ވިލާ މާޓްގެ ވެބްސައިޓްގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރު އެޕްލިކޭޝަން ވެސް ޑައުންލޯޑް ކުރެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެނީ ފެންވަރު ރަނގަޅު ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް. އޭގެ އިތުރުން ކޮސްމެޓިކްސް އާއި ގޭތެރެއަށް ބޭނުންވާ އެހެން ބާވަތްތައް ވެސް ހިމެނޭ. އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ބޭނުންވާ އެންމެ މަގުބޫލު އުފެއްދުންތައް ފޯރުކޮށްދޭ ބަޔަކަށްވުމުން،" އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ބުއިންތަކާއި ފެންވަރު ރަނގަޅު ކާބޯތަކެތީގެ އެކި ވައްތަރުތަކާއި ގޭތެރެއަށް ބޭނުންވާ އެކި ތަކެތި އަދި ކޮސްމެޓިކްސް އާއި ނަން ހުސްކޮށް އެކި ސަމާނު މާލޭގައި ހުންނަ ވިލާ މާޓުގެ ހަތަރު ފިހާރައިން ހެޔޮއަގުގައި ލިބެން ހުންނާނެ އެވެ.

މާލޭގައި ހުންނަ ވިލާ މާޓުގެ ފިހާރައެއް.

ހޯލްސޭލް އަދި ރީޓެއިލްއަށް މި ހާއްސަ އުފެއްދުންތައް ވިލާމާޓުންނާއި ވިލާ ޓްރޭޑިންގެ ހޯލްސޭލް ސެންޓަރުން ފޮނުވައިދެ އެވެ. އަދި 7667711 މެދުވެރިކޮށް ގުޅައިގެން ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ އަޕްޑޭޓް ހޯދޭނެ އެވެ. ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަށް 24 ގަޑިއިރު ހިދުމަތް ދޭން ވިލާ މާޓުން ތިބީ ތައްޔާރަށެވެ. ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމާއި ހިތްހަމަޖެހުމަކީ ވިލާ މާޓުގެ ކާމިޔާބީގެ ސިއްރެވެ.

ވިލާ މާޓް 3 ހުންނަނީ ގ. ފަތުރުވެހި، ރެހެންދި މަގުގަ އެވެ. ވިލާ މާޓް –2 ހުންނަނީ މއ. ކަޝިޝް. މަޖީދީ މަގުގަ އެވެ. އަދި ވިލާ މާޓު 1 ހުންނަނީ މ. ސްޓާ ބިލްޑިން، ފަރީދީ މަގުގަ އެވެ. މީގެ އިތުރުން ހިޔާ ފްލެޓް 14 ގައި ވެސް ވިލާ މާޓްގެ ފިހާރައެއް ހުރެ އެވެ.