ކޮވިޑް ލޯންތަކުގެ އިތުރުން 305 ފަރާތަކަށް 420 މިލިއަން ރުފިޔާ މިދިޔަ އަހަރު ލޯނު ދޫކޮށްފައިވާ ކަމަށް، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފި އެވެ.

އެސްޑީއެފްސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކޮވިޑް ވިޔަފާރީގެ އެހީ ލޯނުގެ އިތުރުން 305 ފަރާތަކަށް ދޫކުރި ލޯނުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކުރީ ކޮމާޝަލް ވިޔަފާރި ތަކަށެވެ. އެއީ ލޯނު ދިން ޖުމްލަ ފަރާތްތަކުގެ 39.7 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދޫކުރީ ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުގެ ވިޔަފާރިތަކަށެވެ. އެއީ 18.7 ޕަސެންޓެވެ. އަދި މަސްވެރިކަމުގެ ދާއިރާ 14.4 ލޯނު ދޫކުރިއިރު، ދަނޑުވެރިކަމުގެ ދާއިރާއިން 5.2 ޕަސެންޓް ދޫކޮށްފައިވެ އެވެ.

މިލޯނުތަކުގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، 2،205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.