ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެެ ކޮމިއުނިޓީ ފަންޑުން ދެ ވަނަ ފިޔަވަހީގައި އެހީ ދޭ ޕްރޮޖެކްޓުތައް މިއަދު ހޮވައިފި އެވެ.

ބޭންކުން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ދެ ވަނަ ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް
  • ދަ ރީޑިން ރޫމް، ހުޅުމާލެ އަންހެނުންނަށް ހާއްސަ ޕްރޮގްރާމް
  • އެސޯސިއޭޝަން އޮފް ލޭޑީ އޮންޓްރަޕްރެނެއާސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ. ފުލިދޫ
  • ސައުންޑް ސިސްޓަމެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
  • އައުޓްޑޯ ބީޗް ޝަވާ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
  • ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓް، ރ. އަނގޮޅިޓީމު
  • ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް - ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
  • ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކް، ލ. ގަން
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ

ކޮމިއުނިޓީ ފަންޑު ކޮމިއުނިޓީ ފަންޑަކީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މި ކޮމިއުނިޓީ ފަންޑުގެ ދަށުން 100 މަޝްރޫއު ހިންގުމަށް މިހާތަނަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.