ސަރުކާރު ބަންދުވި ނަމަވެސް މާދަމާ އެމްއެމްއޭ ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ރައީސް ސޯލިހު ވަނީ މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައިފަ އެވެ.

އެހެން ނަމަވެސް އެމްއެމްއޭއިން ބުނީ މާދަމާ ސަރުކާރު ބަންދުވިޔަސް ބޭންކުތައް ހުޅުވާނެ ކަމަށެވެ.

އެގޮތުން އެމްއެމްއޭއިން ދެމުންދާ ބޭންކިން ޚިދުމަތް ހެނދުނު 8:30 އިން ފެށިގެން މެނދުރު 14:00 އާ ހަމައަށް ދޭނެ ކަމަށް އެފަރާތުން ބުނެ އެވެ. މި ގަޑިތަކުގައި ފައިސާ ބަލައިގަނެ ދޫކުރުމާ އަދި ސިޓީ އުރައިގައި ތަކެތި ބަލައިގަނެ ދޫކުރާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.

އެމްއޭގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނުން ވެސް ވަނީ އެ ފަރާތުން ދެމުންދާ ޚިދުމަތް މާދަމާ ދޭނެ ކަން ހާމަކޮށްފަ އެވެ.