ރާއްޖޭގައި ފުޅާދާއިރާގައި ހޯލްސޭލް އަދި ރީޓެއިލް ވިޔާފަރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގެ ވިލާމާޓްގެ ފަސް ވަނަ ފިހާރަ މާލޭގެ ކާސިންޖީ މަގުގައި ހުޅުވައިފި އެވެ.

ވިލާ މާޓް މިއީ ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ.

ވިލާ މާޓްގެ ފިހާރަތައް މާލެ އާއި ހުޅުމާލޭގައި ވަނީ ހުޅުވާފަ އެވެ. އެގޮތުން މިހާރު ވިލާ މާޓްގެ ފަސް ވަނަ ފިހާރަ މިވަނީ ހުޅުވާފަ އެވެ. އެއީ މާލޭގައި ހަތަރު ފިހާރަ އަދި ހުޅުމާލޭގައި އެއް ފިހާރަ އެވެ.

ޖެނެރަލް ޓްރޭޑިން އަށް ހާއްސަކޮށް އެ ކުންފުނި އުފެދުނީ 13 ޖެނުއަރީ 2021 ގަ އެވެ.

ވިލާމާޓް އިން އަލަށް ހުޅުވި މި ފިހާރައިން އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްތައް ހެޔޮ އަގެއްގައި ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ކޮސްމެޓިކްސް އާއި އެހެނިހެން ހައުސް ހޯލްޑް އައިޓަމްތައް ހިމެނެ އެވެ. ކޮލިޓީ ރަނގަޅު ކާނާ އާއި ބުއިންތައް ވެސް ހިމެނެ އެވެ.

ހެންވޭރުގައި ހުޅުވި ވިލާ މާޓްގެ ފަސް ވަނަ ފިހާރަ. ފޮޓޯ: ވިލާ ޓްރޭޑިން

ވިލާ މާޓްގެ އަމާޒަކީ މި ޕްރޮޑަކްޓްތައް ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާއި އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓާރުންގެ ތެރޭގައި ހިމެނުމެވެ.

ވިލާ މާޓްއިން މިޙާރު ވަނީ އެންމެންނަށް ވެސް ވިޔަފާރީ ކުރެވޭނެ ގޮތަށް ފަސޭހަކޮށްދީފަ އެވެ. މިގޮތުން ވެބްސައިޓް ނޫނީ އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލެވޭއިރު، އޮންލައިންކޮށް ޝޮޕިން ކޮށްލުވެވުމުގެ އިތުރުން، ޑެލިވަރީ ހިދުމަތްވެސް ދެމުންގެންދާކަން ފާހަގަކޮށްލެވެ އެވެ.