މިދިޔަ އޯގަސްޓް މަހު ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 150 މިލިއަން ޑޮލަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ ފައިސާ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސެޕްޓެމްބަރު މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޯގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 694 މިލިއަން ޑޮލަރެވެ. މި އަދަދަކީ ޖުލައި މަސް ނިމުނުއިރު ރިޒާވްގައި ހުރި 594 މިލިއަން ޑޮލަރަށްވުރެ 100 މިލިއަން ޑޮލަރު އިތުރު ވުމެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުންނާނީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރެވެ. މި އަދަދަކީ ރާއްޖޭގެ ދެ މަހުގެ އިމްޕޯޓަށް ކިރިޔާ ފުދޭވަރުގެ ފައިސާ އެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާގެ މިންވަރު ކުރިން އެމްއެމްއޭއިން ހާމަކުރެ އެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ފެށިގެން އެމްއެމްއޭ އިން ވަނީ މި ހިސާބުތައް އާއްމު ކުރުން ހުއްޓާލައިފަ އެވެ. ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަނި ރިޒާވުން އުނި ކޮށްގެންނެވެ.

މި އަހަރު ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް މަހުން މަހަށް

  1. ޖެނުއަރީ: ރަސްމީ ރިޒާވް 790 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 253.8 މިލިއަން ޑޮލަރު
  2. ފެބްރުއަރީ: ރަސްމީ ރިޒާވް 795.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 235.4 މިލިއަން ޑޮލަރު
  3. މާޗް: ރަސްމީ ރިޒާވް 764.6 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 200.2 މިލިއަން ޑޮލަރު
  4. އެޕްރީލް: ރަސްމީ ރިޒާވް 756.8 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 151.3 މިލިއަން ޑޮލަރު
  5. މޭ: ރަސްމީ ރިޒާވް 748.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 147.7 މިލިއަން ޑޮލަރު
  6. ޖޫން: ރަސްމީ ރިޒާވް 702.2 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 168.1 މިލިއަން ޑޮލަރު
  7. ޖުލައި: ރަސްމީ ރިޒާވް 594.1 މިލިއަން ޑޮލަރު - ޔޫޒަބަލް ރިޒާވް 125 މިލިއަން ޑޮލަރު
  8. އޯގަސްޓް: ރަސްމީ ރިޒަވް 694 މިލިއަން ޑޮލަރު- ޔޫޒަބަލް ރިޒާމް 150 މިލިއަން ޑޮލަރު