އެސްޓީއޯ އާއި ގުޅިފައިވާ ކުންފުނިތަކުގެ ފަރާތުން ފަލަސްތީނުގެ ގާޒާއަށް އެހީވުމަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ދިވެހި މީޑިއާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ގުޅިގެން ހިންގާ މީޑިއާ ޓެލެތޯންގައި އެއް މިލިއަން ރުފިޔާގެ ރަމްޒީ ޗެކެއް އެސްޓީއޯ އާއި ގުޅިފައިވާ ކުންފުނިތަކުން މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މި ރަމްޒީ ޗެކު ހަވާލު ކުރުމަށް އެސްޓީއޯގެ އިތުރުން ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ ފިއުލް ސަޕްލައި، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް،އެމްއެސްއެސް އަދި މިފްކޯގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރަމްޒީ ޗެކުގައި އެ ހުރިހާ ބޭފުޅުން ވަނީ ސޮއި ކުރައްވާފައެވެ.

ރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބިބައެކެވެ. އިސްރާއީލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެންވެސް ދިވެހިންވަނީ ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް،އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަން ޔަގީންކޮށް އަރުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.