އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ހާއްސަ ލަކީޑްރޯއެއް މިއަދު ފަށައިފި އެވެ.

އުރީދޫއިން ބުނީ މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ލަކީޑްރޯއަކީ އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެއް ކަމަށެވެ. ޕެރިހަށް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރޭ އާއި ތިން ދުވަހަށް ފުލް ބޯޑާ އެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ކުޅުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯންގެ މެޗު ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެ އެވެ.

"އަޅުގަނޑުމެންގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު ކަމަށްވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން، އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ޕެރިހުގައި ޕީއެސްޖީގެ މެޗެއް ބަލާލުމުގެ ފުރުސަތެއް ފަހި ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހާއްސަ އޮފާއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަމޫނާ މިސާލެއް. އަޅުގަނޑުމެން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފަގާތިކޮށް ތަފާތު އެކި ފުރުސަތުތަކާއި ގުޅުވާލަދިނުމަށް، އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީ ޑްރޯގެ ނަސީބުވެރިފަރާތަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައި ވެސް، އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕާޓްނަޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށް ދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗު ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށްވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިފަ އެވެ. ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅިވަޑައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.