މޭވާގެ އަސްލު ރަހަ ލިބޭ ޖޫހެެއް ހޯދުމަކީ ގިނަ ފަހަރު ވަރަށް އުނދަގޫ ކަމެކެވެ. ބާޒާރުގައި ވިއްކާ ގިނަ ބްރޭންޑްތަކުގެ ޖޫހަކީ އާޓިފިޝަލް ރަހަ ހިމަނައިގެން ތައްޔާރުކޮށްފައިވާ ޖޫސްތަކެވެ. ނަމަވެސް އޮސްޓްރިއާގައި އުފައްދާ "ފެނާ" ބްރޭންޑްގެ ޖޫހަކީ މޭވާގެ އަސްލު ރަހަ އެކުލެވޭ މީރު ޖޫހެކެވެ.

ޔޫރަޕްގައި 1856 ވަނަ އަހަރު އުފެދުނު ކުންފުނިން ތައްޔާރުކޮށްގެން ނެރޭ މި ޖޫސް މިހާރު ރާއްޖެއިން ވެސް ލިބެން ހުރެ އެވެ. ފެނާ ބްރޭންޑްގެ ޖޫސް ރާއްޖެ އެތެރެކޮށް މާކެޓްކުރަނީ ވިލާ ޓްރޭޑިން އިންނެވެ. އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ވިލާ ޓްރޭޑިންގެ ކުޑައިގެ ދަށުން ހިންގާ ވިލާ މާޓްގެ ފިހާރަތަކުން ސިއްހަތަށް ފައިދާހުރި އުފެއްދުންތައް އިޝްތިހާރުކޮށް، އާއްމުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ.

ފެނާ ބްރޭންޑްގެ ދަށުން ތަފާތު އެކި ވައްތަރުގެ މޭވާ ޖޫހާއި މޭވާގެ ނެކްޓާ އާއި މޭވާ ކޮންސެންޓްރޭޓްގެ އިތުރުން އައިސް ޓީ، ޓީ ޑްރިންކްސް، ފަދަ ތަކެތި ވަރަށް މަތީ ފެންވަރުގައި އުފައްދަ އެވެ.

އެ ކުންފުނީގެ އެތައް ސަތޭކަ އުފެއްދުންތަކުގެ ފުޅާ ރޭންޖުގައި އެންމެ ފެންވަރު ރަނގަޅު މޭވާއިން ތައްޔާރުކުރާ މޭވާ ޖޫހާއި ނެކްޓާ ފަދަ އުފެއްދުން ހުރެ އެވެ. އޭގެ ރަހަތައް ހާއްސަކޮށްފައި ވަނީ އެންމެނަށް ވެސް ކަމުދާ ގޮތަށެވެ.

ފެނާ ބްރޭންޑްގެ އެކި ވައްތަރުތަކުގެ ޖޫސް ޕެކެޓްތަކެއް. ޔޫރަޕްގައި އުފައްދާ މި ޖޫސް މިހާރު ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލް. ފޮޓޯ: ވިލާ ޓްރޭޑިން

ފެނާގެ މީރު އައިސް ޓީ އާއި ޓީ ޑްރިންކްސްގެ ތަފާތު ބާވަތްތަކުން ތާޒާކަމާއި އުފާވެރިކަން ގެނެސްދެ އެވެ. ފަރުވާތެރިކަމާއެކު ހޮވާފައިވާ ފެނާ ޓީތަކަކީ އަބަދު ވެސް ތާޒާކޮށް ތައްޔާރުކުރާ އެއްޗެކެވެ.

ފެނާ ބްރޭންޑުން ތަފާތު މީރު އެކި ރަހަތައް ގިނަ ބަޔަކަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވެ އެވެ. މިގޮތުން

1. އޮރެންޖް ޖޫސް ތައްޔާރުކޮށްފައި ވަނީ އޮރެންޖްގެ މީރު ރަހަ ލިބޭ ގޮތަށް ވަރަށް ފަރުވާތެރިކަމާއެކު.

2. އާފަލް ޖޫސް ތައްޔާރުކުރަނީ އަތުން ބިނދެގެން، އާފަލުގެ ފޮނި މީރު ރަހަ ނުގެއްލޭ ގޮތަށް.

3. ފެނާގެ މަލްޓިވިޓަމިން ޖޫހަކީ ކޮންމެހެން ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް އެކުލެވިގެންވާ ތަފާތު މޭވާތައް އެކުލެވިގެންވާ ޖޫހެއް. މި ރަހައިން ހިތްގައިމު އަދި ޓެންގީ ރަހައެއް ލިބޭ.

4. އަލަނާސި ޖޫސް އުފައްދާފައި ވަނީ ޓްރޮޕިކަލް ރަހަތައް ލިބިގަންނަ މީހުންނަށް އެންމެ ކަމުދާ ގޮތަށް. ޕްފެނާގެ މީރު އަލަނާސި ޖޫހުން މީރުކަމާއި ޓެންޖިނެސް ދައްކުވައިދޭ.

5. ކްރޭންބެރީ ޖޫސް: ތާޒާ ރަހައަށް މަޝްހޫރު، ފެނާގެ ކްރޭންބެރީ ޖޫހަކީ ތަންކޮޅެއް ޓެންގީ އަދި ހިތްގައިމު ރަހައެއް ހޯދަން އުޅޭ މީހުންގެ މެދުގައި މަގުބޫލު ޖޫހެއް.

6. މެންގޯ ޖޫސް: ފެނާގެ މެންގޯ ޖޫހަކީ ވަރަށް ފުރިހަމައަށް ތޮށި މަށާފައި ހުންނަ އަނބުތަކުން ތައްޔާރުކުރާ ޖޫހެއް.

7. ގްރޭޕް ޖޫސް: ރަތް ނުވަތަ ހުދު މޭބިސްކަދުރު ޖޫސް ކަމުގައި ވިޔަސް، މޭބިސްކަދުރުގެ ގުދުރަތީ ރަހަތަކުން ފަނާނާގެ މޭބިސްކަދުރު ޖޫސްތައް ތައްޔާރުކޮށްފައިވާ ގޮތުން މީރު ރަހައެއް ލިބޭ.

މަޝްހޫރު ގިނަ ބްރޭންޑްތައް ވިއްކާ ވިލާ ޓްރޭޑިންގެ އެންމެ ބޮޑު އަމާޒަކީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އެކަށީގެންވާ ހެޔޮއަގެއްގައި ކަސްޓަމަރުންނަށް އަބަދުވެސް ލިބޭނެ ގޮތް އިންތިޒާމްކުރުމެވެ. މިއީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.

ފެނާ ބްރޭންޑްގެ އެކި ވައްތަރުތަކުގެ ޖޫސް ޕެކެޓްތަކެއް. މި ޖޫސް އުފައްދާ މޭވާގެ އަސްލު ރަހަ ނުގެއްލޭ ގޮތަށް. ފޮޓޯ: ވިލާ ޓްރޭޑިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ވިލާ މާޓުން ވަނީ ކަސްޓަމަރުންނަށް ފަސޭހައިން ބާޒާރުކޮށްލެވޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ހަދައިފައިވެ އެވެ. އެ ވެބްސައިޓަކީ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އީ-ކޮމާސް އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ.

ވިލާ މާޓްގެ ވެބްސައިޓްގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރު އެޕްލިކޭޝަން ވެސް ޑައުންލޯޑް ކުރެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.