ދިރާގުން "މަމެން" ޑޭޓާ އެޑް-އޮންތަކުން ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން 15 ޕަސެންޓް ޑިސްކައުންޓް މާރިޗް 20ގެ ނިޔަލަށް ޑޭޓާ އެޑް އޮންތަކުން ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން "މަމެން" އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެ އެވެ. އަދި ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާބީ"ގެ ބެލެންސުން ކެނޑިގެން ދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ޚާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި ވެސް ތައާރަފްކުރި އެވެ.

އެ ކުންފުނިން ބުނީ އެއެޑް އޮންތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ޑިޒައިންކުރި އެޑްއޮން ތަކެއް ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހަތްދުވަހާއި 15 ދުވަސް އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.